ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 11:48
ޝާހިދު، އޭނާގެ ބައްޕާފުޅާއެކު
ޝާހިދު، އޭނާގެ ބައްޕާފުޅާއެކު
އަބްދުﷲ ޝާހިދު
ޝެއިޚް މޫސާ ޖަމީލް އަވަހާރަވުން
ޝާހިދުގެ ބައްޕާފުޅު ޝެއިޚް މޫސާ ޖަމީލް އަވަހާރަވެއްޖެ
 
ބައްޕާފުޅަކީ މުޅި ހަޔާތުގެ ވެސް އެންމެ ބޮޑު ބާރު
 
ޝެއިޚް މޫސާ ޖަމީލް އަވަހާރަވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
 
ކަށުނަމާދު އޮންނާނީ ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝެއިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ.

ޝެއިޚް މޫސާ ޖަމީލް އަވަހާރަވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ދުވަސްކޮޅެއްވެއްޖެ ކަމަށެވެ. އަދި ގަވާއިދުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދަވަމުން ގެންދެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބައްޕާފުޅަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ބައްޕާފުޅަކީ މުޅި ހަޔާތުގެ ވެސް އެންމެ ބޮޑު ބާރު ކަމަށާއި، ކޮންމެ ކަމެއްގައި ވެސް އިޚުލާސްތެރި ލަފާދޭ، އަދި އެންމެ އިޚުލާސްތެރި ފާޑުކިޔުންތެރިޔާ ކަމަށެވެ. އަދި ކުރިއަށްދާންވީ މަގުދައްކައިދީ، ޝަޚުސިއްޔަތު ބައްޓަންކޮށް، ކޮންމެ ފިޔަވަޅަކަށް ނަސޭހަތްތެރިވެދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބައްޕާފުޅުގެ ނަޒާހަތްތެރިކަމާއި އަހުލާގުގެ ވަރުގަދަކަމާއި، ކެތްތެރިކަމުގެ ސިފަފުޅުން އަބަދުވެސް އިންސްޕަޔަރވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި ދައުލަތުގެ އިސްބޭފުޅުންނާއި، ސިޔާސީ އެކިއެކި ބޭފުޅުން ގެންދަވަނީ އރ އާއިލާއަށް ތައުޒީޔާ ވިދާޅުވަމުންނެވެ.

ޝެއިޚް މޫސާ ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައުމޫނާ ވަޖީހުގެ ކައިވެންޏަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޝާހިދުގެ އިތުރުން އެންމެ ދޮއްޓަށް ހުންނެވި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. އެންމެ ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ. މި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވީ އަބްދުﷲ ޝާހިދާއި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެން 1980 ވަނަ އަހަރު ފާތުމަތު ޝާހިދާއި އައިމިނަތު ޝާހިދު ވަނީ ދުނިޔެ ދޫކުރައްވައިފައެވެ.

ޝެއިޚް މޫސާ ޖަމީލްގެ މޫނުފުޅު ދެއްކުން އޮންނަނީ ބުދަ ދުވަހުގެ މެންދުރުކުރިން 11:00 ފެށިގެން އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ ހަވީރު، އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ވަޅުފުޅުލުން އޮންނާނީ ގަލޮޅު ސަހަރާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް