Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2025 | ހޮނިހިރު 22:03
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ޝާހިދު ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ޝާހިދު ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)
އެމްޑީޕީ ސެކްރިޓޭރިއެޓް
އަބްދުﷲ ޝާހިދު
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވި ރޭގައި ދިވެހި ރައްޔިތުންނާއި ދެކޮޅަށް ބޭނުންކުރެއްވި ހަތިޔާރަކީ މިދެވެހި ރާއްޖޭގެ ފަސްގަނޑުގައި އަލަށް ބޭނުންކުރެއްވި ހަތިޔާރެއް ކަމަށް
ފުލުހުން ބޭނުންކުރި ސޮނިކް ވެޕަން އަކީ ގިނަ ގައުމުތަކުގައި އާމުންނާއި ދިމާކޮށް ބޭނުންކުރުން މަނާ ހަތިޔާރެއް
ސޮނިކް ވެޕަން އަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ވަރަށް ފަރިތަކަމައެކު ބޭނުންކުރާ ހަތިޔާރެއް

ސައްދާމް ހުސައިން އިރާގުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ބޭނުންކުރެއްވި ފަދައިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ ދައިރާގެ ރައީސް އަދި ކުރީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވާ ޝާހިދު ވިދަޅުވީ، ރޭ ކުރިއަށްދިޔަ ސުލްހަވެރި މުޒާހަރާގައި ހަމަނުޖެހުން އުފައްދަން ސަރުކަރުން ފޮނުވި މީހުންނަށް އެފުރަސަތު ދިން ނަމަ ކަންތައްތައް ނިމިގެން ދާނީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި ރޭ ފެނުނު މަންޒަރަކީ ހުރިހާ ބާރެއް އެކެއްގެ މުށުތެރެއަށް އައީމަ ކަންތައް ދާނެ މިންވަރު ކަމަށެވެ. އަދި ހުދުމުހުތާރު ވެރިއެއްގެ އަތްދަށަށް ރާއްޖެ ދިޔައީމަ ކަންހިނގާނެ ގޮތް ރޭ ފެނިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ރޭގައި ދިވެހި ރައްޔިތުންނާއި ދެކޮޅަށް ބޭނުންކުރެއްވި ހަތިޔާރަކީ މިދެވެހި ރާއްޖޭގެ ފަސްގަނޑުގައި އަލަށް ބޭނުންކުރެއްވި ހަތިޔާރެއް ކަމަށެވެ. އަދި ރޭ ފުލުހުން ބޭނުންކުރި ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އާމުންނާއި ދިމާކޮށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން މަނާ ހަތިޔާރެއް ކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އެހެން ނަމަވެސް ބައެއް ގައުމުތަކުގައި އެ ހަތިޔާރު ބޭނުންކުރައްވާ ކަމަށެވެ. އެގޮތުން ސޮނިކް ވެޕަން އަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ވަރަށް ފަރިތަކަމައެކު ބޭނުންކުރާ ހަތިޔާރެއްކަމަށް ޝާހިދު ވިދާޅުވި އެވެ.

ހަމައެކަނި މުޒާހަރާ ކުރަންތިބި މީހުންނާ އިދިކޮޅަކަށް ނޫން މިހަތިޔާރު ބޭނުންކުރެއްވީ. މުޅި ސަރަހައްދުގައި ތިބި ކުދިބޮޑު ހުރިހާ ރައްޔިތުންނާ އިދިކޮޅަށް މިހަތިޔާރު ބޭނުންކުރެއްވީ. މިއީ ބައިނަލްއަގްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ކުރެއްވި ކަމެއް. އެހެން ނަމަވެސް ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލަފަށް މިފަދަ ހަތިޔާރު ބޭނުންކުރާ މީހުންނަކީ ދުނިޔޭގެ ތާރީހުގައި ފެނިފަ އޮތް ތަނެއް.

އަބްދުﷲ ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވި، ރޭ ބޭއްވި ސުލްހަވެރި މުޒާހަރާގައި އެއް ކަމަކަށް ޙަމްދު ކުރިން ކަމަށެވެ. އެއި ﷲގެ ހެޔޮ ރަހުމަތްފުޅުން ނުރައްކާތެރި އިތުރު ހަތިޔާރެއް ޑރ މުޢިއްޒު އަތްޕުޅުގައި ނެތުން ކަމަށެވެ.

މި ހަތިޔާރުގެ ނުރައްކާތެރިކަން ހުރި މިންވަރަކީ ހަމައެކަނި ކަންފަތުގެ ތޫރި ހަލާކު ކޮށްލުން ނޫންކަމަށާއި އޭގެ އިތުރަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިންސާނާގެ ހަށިގަނޑަށް ދިގު މުއްދަތަށް ދެމިގެންވާ އަނިޔާ ލިބޭ ހަތިޔާރެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި ސުލްހަވެރި އެއްވުމުގައި ދިވެހި ސަރުކާރުން އެފަދަ ހަތިޔާރެއް ބޭނުންކުރެއްވި އެއްވެސް ހާލަތެއްގައި އެފަދަ ނުރައްކާތެރިި ހަތިޔާރެއް ބޭނުން ކުރަންޖޭހޭ ހާލަތެއްގައި ނޫންކަމަށެވެ. އަދި ޑރ މުޢިއްޒު ރާއްޖޭގެ ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރެއްވި ރެއެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ ތާރިހުގައިވެސް ލިޔެވިގެން ދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

- ކޮމެންޓް