ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 11:39
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ޚާރިޖީ ޚިދުމަތުގެ މަތިވެރި ޝަރަފު
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލަށާއި، ފޮރިން ސެކްރެޓެރީ އަޙްމަދު ލަޠީފަށް
 
އަޙްމަދު ޚަލީލް، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައި
 
ފޮރިން ސެކްރެޓެރީ އަޙްމަދު ލަޠީފް، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1981 ގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަޤާމުގައި ހުންނެވި ގަލޮޅު އުތުރުގޭ އަޙްމަދު ޚަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަޤާމުގައި ހުންނެވި ހެންވޭރު ސީވީޑް އަޙްމަދު ލަޠީފަށް އަރުވައިފިއެވެ.

މި ބޭފުޅުންނަށް ޝަރަފު އެރުވުން އޮތީ، ހޯމަ ދުވަހުގެ ހެނދުނު އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ބޭފުޅުންނަކީ ޚާރިޖީ ދާއިރާގައި ވަރަށްދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު، މަޤާމުން ވަކިވެވަޑައިގަންނަވާ ދެ ބޭފުންނެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވި އަޙްމަދު ޚަލީލް، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަޤާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަޤާމުތަކެއްގައި ހުންނަވައިގެން، ގިނަގުނަ ޚިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި އަޙްމަދު ޚަލީލް ހިމެނިވަޑައިގަންނަވައެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވި ފޮރިން ސެކްރެޓެރީ އަޙްމަދު ލަޠީފް، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެއްޓެވީ، 26 ނޮވެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމުގެ މަޤާމެވެ. ޚާރިޖީ ދާއިރާގައި އަޙްމަދު ލަޠީފް ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވަނީ ދޭދޭ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ވަކިން ޚާއްޞަކޮށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާރކް ފަދަ ސަރަޙައްދީ ޖަމުޢިއްޔާތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚަލީލް ވިދާޅުވީ، މި ދާއިރާގައި މަސައްކަތް ކުރައްވާތާ 42 އަހަރުފުރެންދާއިރު، ވަޒީފާގެ އެކި ގިންތީގައި، އެކި ވެރިކަންތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

ޚަލީލް ވަނީ މިފަދަ ޝަރަފެއް އަރުވަން ސަރުކާރުން ނިންމެވުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ދުވަހަކުވެސް ހިތްޕުޅަށްވެސް ގެނެވިފައިވާ ކަމެއްނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި މިއީ ރިޓަޔަރމަންޓުގައި ލިބިވަޑައިގަންނަވާނެ ނުހަނު ބޮޑު ޝަރަފެއްކަންވެސް ޚަލީލް ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް ވިދާޅުވީ، މިއީ ނުހަނު އުފާވެރި ދުވަހެއް ކަމަށެވެ.

ލަތީފް ވިދާޅުވީ، ޚާރިޖީ ޚިދުމަތުގައި މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގައި، މި ޚިދުމަތާ ގުޅިވަޑައިގެންނެވުނީތީ މާާޔޫސްވެވަޑައިގަންނަވަން ޖެހިވަޑައިގެންފައިނުވާކަމަށެވެ.

މި ޚިދުމަތާ ގުޅިވަަޑައިގެންނެވިއިރުގެ ތަޖުރިބާގެ މައްޗަށްވެސް ލަތީފް ވަނީ އަލިއަޅުވާލައްވާފައެވެ.

ޚާރިޖިއްޔާއަށް ގިނަ ބަދަލުތަކެއް އައިސްފައިވާއިރު، އޭރުވެސް މިހާރުވެސް ޚާރިޖިއްޔާއަކީ ސަރުކާރުގެ މަސައްކަތްތައް މިނެކިރުމުގައި ބަލާ އެއްވަނަ ކަންތައްކަމަށް ލަތީފް ވިދާޅުވިއެވެ.

މި ދެބޭފުޅުންނަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަޞްލަޙަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ބޭރުގެ އެކި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުމުގައި މި ދެބޭފުޅުން ވެދެއްވާފައިވާ ޙިއްޞާއާއި، ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ އެކި ޤައުމުތަކުން އެކިއެކި ލުއިފަސޭހަތައް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް