ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 18:19
ހިޔާ ފްލެޓްގައި ދިމާވި ކަރަންޓު މައްސަލަ ދިމާވީ ކޭބަލް އަކަށް
ހިޔާ ފްލެޓްގައި ދިމާވި ކަރަންޓު މައްސަލަ ދިމާވީ ކޭބަލް އަކަށް
ހިޔާ ފްލެޓްގައި ދިމާވި ކަރަންޓު މައްސަލަ
ހިޔާ ފްލެޓްގައި ދިމާވި ކަރަންޓު މައްސަލަ ވަނީ ހައްލުކޮށްފައި - އަރބަންކޯ
 
މައްސަލަ ދިމާވީ ހިޔާ ފްލެޓްގެ 14 ވަނަ ޓަވަރުގެ 6 ވަނަ ފަންގި ފިލާގައި

ހިޔާ ފްލެޓްގައި ދިމާވި ކަރަންޓު މައްސަލަ ވަނީ ހައްލުކޮށްފައި ކަމަށް އަރަބަންކޯ އިން ބުނެފިއެވެ.

ހިޔާ ފްލެޓްގެ 14 ވަނަ ޓަވަރުގެ 6 ވަނަ ފަންގިފިލާގައި ކަރަންޓު ޝޯޓެއްވާ މަންޒަރު ފެންނަ ފޮޓޯ އެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އާއްމު މީހަކު ހިއްސާ ކުރި ވީޑިއޯ އަކުން ފެންނަނީ އެ ތަނުގައި ހުރި ކަރަންޓު ވިއުގައިގެ ބަޔަކުން އަލިފާން ކަނި ކަނޑާ މަންޒަރެވެ. އާއްމު މީހަކު ވަނީ އެކަމާއި ގުޅިގެން އަރބަންކޯ އަށް ގުޅުމުން އެ މައްސަލަ އަށް ހައްލު ނުލިބުނު ކަމަށް ބުނެފައެވެ. އަދި ސްޓެލްކޯ އަށް ގުޅުމުން އަރބަންކޯ އަށް ގުޅަން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ ކަމާއި މެދު އެހީވުމަށް ފުލުހުންގެ ކިބައިން ވަނީ އެދިފައެެވެ.

އޭގެ 2 ގަޑިއެއްހާ އިރު ފަހުން އަރބަންކޯ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ މައްސަލަ އާއި ގުޅިގެން ދިމާވި ދަތިކަމަށްޓަކާ މަޢާފަށް އެދޭކަމަށެވެ. އަދި ދިމާވެފައި ވަނީ ކޭބަލްގެ މައްސަލަ އެއް ކަަމަށާއި އެކަން ހައްލުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަރބަންކޯ އިން ވަނީ އާއްމުން ބެހެއްޓި ކެތްތެރިކަމަށްޓަކާ ޝުކުރު އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް