ކ. މާލެ
|
21 ޖޫން 2023 | ބުދަ 06:29
ސްޓީވެން ޖެރާޑް
ސްޓީވެން ޖެރާޑް
ގެޓީ އިމޭޖަސް
ސްޓީވެން ޖެރާޑް
ސައުދީ ޕްރޯ ލީގުގެ ކްލަބަށް ކޯޗުކޮށްދޭން ސްޓީވެން ޖެރާޑް ދެކޮޅު
 
ޖެރާޑް ވަނީ ރޭންޖާސް އާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ

ސައުދީ ޕްރޯ ލީގުގައި ކޯޗުކަން ކުރަން ފުރުސަތު ލިބުނަސް ނުދާނެ ކަމަށް ސްޓީވެން ޖެރާޑް ބުނެފިއެވެ.

އުމުރުން 43 އަހަރުގެ ޖެރާޑް ވަނީ ރޭންޖާސް އަށް 2021 ވަނަ އަހަރު 10 އަހަރު ފަހުން ފުރަތަމަ ފަހަރަށް ސްކޮޓިޝް ޕްރިމިއާޝިޕް ތަށި ހޯދައިދީފައެވެ. މިދިޔަ އޮކްޓޫބަރު މަހު އޭނާ މަގާމުން ވަކިކުރި އެސްޓަން ވިލާ އަށް އޭނާ ބަދަލުވީ ރޭންޖާސް އާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ.

ބޭރުގެ ރިޕޯޓުތަކުން މި މަހުގެ ކުރީކޮޅު ރިޕޯޓްކުރި ގޮތުގައި އަލް އިއްތިފާގްގެ ކޯޗަކަށް ވުމަށް އޭނާ ވިސްނަމުން ދަނީ އަހަރަކު ގާތްގަނޑަކަށް ނުވަ މިލިއަން ޕައުންޑް (11.5 މިލިއަން ޑޮލަރު) ގެ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޖެރާޑް ހުކުރު ދުވަހު ވަނީ އޭނާއަށް ހުށަހެޅުން ލިބުނުކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެއްބަސްވުމުގައި ސޮއިނުކުރަން ނިންމާފައެވެ.

ސައުދީ އަރަބިއްޔާގެ ކްލަބްތަކުން މި އަހަރުގެ ހޫނު މޫސުމުގައި އެގްރެސިވް ރެކްރޫޓްމަންޓް ސްޓްރެޓެޖީއެއް ގެންގުޅެފައިވާއިރު، ކުޅިވަރުގެ ބޮޑެތި ނަންތަކަށް ފައިދާހުރި ޑީލްތަކެއް ވަނީ ހުށަހަޅައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
50%
0%
0%
0%
ކޮމެންޓް