'ލޫޓުވައިފި، ލޫޓުވައިފި' ބޮޑު އެއްވުން
4 އޮކްޓޯބަރ 2025 | ހޮނިހިރު 15:38
-
313
ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ގިނަ އަދަދެއްގެ މީހުން އެއްވެފައިވަނީ ޤައުމުގެ މައި އިދިކޮޅު ޕާޓީ އެމްޑީޕީން ރާވާފައިވާ "ލޫޓުވައިފި، ލޫޓުވައިފި!" މާލެ މުޒާހަރާގައި ބައިވެރިވުމަށެވެ. މި އިހްތިޖާޖުގައި ބައިވެރިވުމަށް އެތައް ބަޔަކު އަތޮޅުތެރެއިން ވެސް މާލެއަށް ދަތުރުކޮށްފައިވެއެވެ. މިއީ ފަހަކަށް އައިސް ބޭއްވުނު އެންމެ ބޮޑެތި ސިޔާސީ އެއްވުންތަކުގެ ތެރެއިން އެއެއް އެއްވުމެވެ.
ލޫޓޫވައިފި ލޫޓޫވައިފި މުޒާހަރާގެ ތެރެއިން މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް ހައްޔަރު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ
މި ބޮޑު އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތެރެއިންވެސް އެކި ރަށްރަށުން މާލެއަށް ވަނީ މީހުން ޖަމާވެފައި - ފޮޓޯ: ރާއްޖެއެމްވީ
"ލޫޓުވައިފި ލޫޓުވައިފި!" ބޮޑު އެއްވުމަށް އާޓިފިޝިއަލް ބީޗަށް ޖަމާވެފައިވާ މީހުން - ފޮޓޯ: ރާއްޖެއެމްވީ
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާ ފަށާފައި ވަނީ 08:45 ހާއިރު - ފޮޓޯ: ރާއްޖެއެމްވީ
ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެޑައިގެންނެވި ޕީއެންސީގެ ޖަލްސާއަށް މަޖުބޫރުކޮށްގެން އެއްކުރި މީހުންނަށްވުރެ ގިނައިން މި ޖަލްސާގައި މީހުން ބައިވެރިވި - ފޮޓޯ: ރާއްޖެއެމްވީ
އިދިކޮޅުން ފިލިކަމަށް ބުނާ ކުރީގެ ރައީސް ޞާލިހު މުޒާހަރާގެ ސަފުގެ ކުރީގައި - ފޮޓޯ: ރާއްޖެއެމްވީ
މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، އިންޒާރުދީ، އެސަރަހައްދު ދޫކޮށް ދިއުމަށް ބުނެފައި - ފޮޓޯ: ރާއްޖެއެމްވީ
އިންޒާރު ދިނުމެއް ނެތި ފުލުހުން ވަނީ ލޫޓުވައިފި އެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސުޕްރޭ ވެސް ޖަހާފައި - ފޮޓޯ: ރާއްޖެއެމްވީ
ކުރީގެ ރައީސް ޞާލިހު މުޒާހަރާގައި ބައިވެރި ވެފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފައި، އަދި ޝީލްޑުން އާންމުން ގައިގައި ޖަހާފައިވެސް ވޭ - ފޮޓޯ: ރާއްޖެއެމްވީ
އާޓިފިޝިއަލް ބީޗުން ނުކުތުމާއެކު ފުލުހުން ވަނީ ބައިވެރިންނަށް ހުރަސް އަޅަން ފަށާފައި - ފޮޓޯ: ރާއްޖެއެމްވީ
ލޫޓުވައިފި ލޫޓުވައިފި ހަރަކާތުގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅަނީ - ފޮޓޯ: ރާއްޖެއެމްވީ