އޮކްޓޫބަރު 3 އަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ބޭއްވި ސައިކަލު ބުރު

27 ސެޕްޓެންބަރ 2025 | ހޮނިހިރު 20:07
-
8285
ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން އެމްޑިޕީން މާލޭގައި ސައިކަލު ބުރެއް ބާއްވައިފި އެވެ.
މިއީ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު "ލޫޓުވައިފި ލޫޓުވައިފި!" ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ހަރަކާތެއް - ފޮޓޯ: ރާއްޖެއެމްވީ
ރާއްޖޭގެ ހުރިހާ ޒުވާނުން ނިކުންނަން ޖެހޭ ކަމަށާއި މި ހަރަކާތްތަކެއް ނުހުއްޓުވޭނެ ކަމަށް ބައިވެރިން ބުނި - ފޮޓޯ: ރާއްޖެއެމްވީ
އެމްޑީޕީގެ މި ހަރަކާތުގައި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެފަ - ފޮޓޯ: ރާއްޖެއެމްވީ
ލޫޓުވައިފި، ލޫޓުވައިފި، ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން އެމްޑިޕީން މާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ
މި ހަރަކާތް ކުރިޔަށް ގެންގޮސްފައި މި ވަނީ ހޮނިހިރު ދުވަހު ހަވީރު - ފޮޓޯ: ރާއްޖެއެމްވީ
މި ހަރަކާތަކީ އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެ ޕާޓީން ބޭއްވުމަށް ތައްޔާރުވަމުން ދާ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު ހަރަކާތަށް ތައްޔާރުވުމަށް ބޭއްވި ހަރަކާތެއް - ފޮޓޯ: ރާއްޖެއެމްވީ
މި ހަރަކާތަކީ އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެ ޕާޓީން ބޭއްވުމަށް ތައްޔާރުވަމުން ދާ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު ހަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިކުރުމަށް ހިތް ވަރުދިނުމަށް ގޮވާލާ ހިންގި ހަރަކާތެއް - ފޮޓޯ: ރާއްޖެއެމްވީ
އެމްޑީޕީގެ މި ހަރަކާތުގައި ވާހަކަދެއްކި މީހަކު ބުނީ، މި ހަރަކާތްތަކެއް ނުހުއްޓުވޭނެ ކަމަށާއި ރާއްޖޭގެ ހުރިހާ ޒުވާނުން ނިކުންނަން ޖެހޭ ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
މިއަދު ނުކުރި މަސައްކަތެއް މާދަމާ ނުކުރެވޭނެ ކަމަށާއި ޒުވާނުން ގާފިލް ކަންމަތީ ތިބެއްޖެ ނަމަ މިގައުމު އަތެއް ނުވާނެ ކަމަށް ބައިވެރިއަކު ބުނި - ފޮޓޯ: ރާއްޖެއެމްވީ
އެމްޑީޕީގެ މި ހަރަކާތުގައި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެފަ - ފޮޓޯ: ރާއްޖެއެމްވީ
މިވަގުތު ރައްޔިތުން މަޖިލީހުގައި ކުރީގެ މެމްބަރުންނާއި ލީޑަރޝިޕްގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބައިވެރިފަ - ފޮޓޯ: ރާއްޖެއެމްވީ
އެމްޑީޕީގެ ގިނަ ހަރަކާތްތެރިންނާއި ސަޕޯޓަރުން ބައިވެރިވި މި ހަރަކާތުގައި އަދުގެ ސަރުކާރުން ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް ބަދަލުތައް ގެނެސް ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަންނާތީ އެކަމާ ނުރުހުން ފާޅުކޮށްފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
މި ހަރަކާތުގެ ތެރޭން މާލޭގެ ބޮޑެތި މަގުތަކުގައި، އަންނަމަހު 3 ވަނަ ދުވަހު މާލޭގައި، 'ލޫޓުވައިފި، ލޫޓުވައިފި' ނަމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު އެއްވުމަށް ތައްޔާރު ކޮށްފައިވާ ޚާއްސަ ލަވަ ޖެހުމާއި އެކު އެ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު ދީފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ލޫޓުވައިފި، ލޫޓުވައިފި، ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން އެމްޑިޕީން މާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ
މި ހަރަކާތުގެ ތެރޭން މާލޭގެ ބޮޑެތި މަގުތަކުގައި، އަންނަމަހު 3 ވަނަ ދުވަހު މާލޭގައި، 'ލޫޓުވައިފި، ލޫޓުވައިފި' ނަމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު އެއްވުމަށް ތައްޔާރު ކޮށްފައިވާ ޚާއްސަ ލަވަ ޖެހުމާއި އެކު އެ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު ދީފައިވޭ - ފޮޓޯ: ރާއްޖެއެމްވީ - ފޮޓޯ: ރާއްޖެއެމްވީ