21 ސެޕްޓެންބަރ 2025 | އާދީއްތަ 02:19
-
9160
އީރާނާއި ޕާކިސްތާނުން ބޭރުކޮށްލުމަށް ފަހު އެތައް މިލިއަން ބަޔަކު އެނބުރި އައުމުގެ ސަބަބުން ނާޒުކު އިގުތިސާދަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
އުމުރުން 28 އަހަރުގެ ފްރައިޑޫން އަފްޣާނިސްތާން ދޫކޮށް ދިޔައީ ޑިގްރީ ހާސިލް ކުރި ނަމަވެސް ވަޒީފާ ނުލިބުމުން. އޭނާ ބުނި ގޮތުގައި މިތަނުން ވަޒީފާއެއް ލިބިއްޖެ ނަމަ ދެން ދުވަހަކު ވެސް އެ ވަޒީފާ ދޫކޮށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ - ފޮޓޯ: އައިއޯއެމް
އުމުރުން 30 އަހަރުގެ މަރިޔަމް މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ ދަރިންނާ އެކު ހެރާތުގައި ހުންނަ އައިއޯއެމްގެ ޓްރާންސިޓް ސެންޓަރުގައި - ފޮޓޯ: އައިއޯއެމް
އިސްލާމް ކާލާގެ 40 ޑިގްރީ ސެލްސިއަސްގެ ހޫނުގައި، އައިއޯއެމްގެ ރިސެޕްޝަން ސެންޓަރަށް ދާ މަގުމަތީގައި ބައްޕައަކު އޭނާގެ ދަރިން ފިނިކޮށްލުމަށް ފެން ޖަހަނީ - ފޮޓޯ: އައިއޯއެމް
އިރުއޮއްސެމުން ދިޔަ ވަގުތުގައި، އައިއޯއެމްގެ ޓްރާންސިޓް ސެންޓަރަށް ވަނުމަށް އިންތިޒާރުގައި ތިބި އާއިލާތައް - ފޮޓޯ: އައިއޯއެމް
އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ބަދަކްޝާން އަށް ނިސްބަތްވާ އަށް ކުދިންގެ ބައްޕައެއް ކަމަށްވާ މަންޒާރު ޝާހް އަކީ އީރާނުގެ ކްލީނިންގ ފެކްޓަރީ އަދި ފްލޯރ މިލްއެއްގައި މަސައްކަތް ކުރަމުން އައި މީހެއް - ފޮޓޯ: އައިއޯއެމް
އުމުރުން 30 އަހަރުގެ ޒައިނަބް ކުރިން މަސައްކަތް ކުރަމުން ދިޔައީ އީރާނުގެ ގްރީންހައުސްތަކުގައި، ނަމަވެސް އޭނާ ވަނީ އޭނާގެ ދަރިން ސްކޫލަށް ވައްދަން ނުކުޅެދިފައި، "އަހަރެމެން ބޭނުންވަނީ ދިރިއުޅުމާއި ވަޒީފާ އަދާކުރާނެ ތަނެއް، އޭރުން އަހަރެމެންގެ ދަރިންނަށް މުސްތަގުބަލެއް ލިބޭނެ،" އޭނާ ބުނި - ފޮޓޯ: އައިއޯއެމް