ހުޅަނގު އައްސޭރީގެ ޖެނިން އިން އަސްކަރިއްޔާ ފޭބުމާއެކު، އިޒްރޭލުގެ ހަމަލާއެއް

6 ސެޕްޓެންބަރ 2024 | ހުކުރު 17:00
-
1180
ޖެނިންގައި އިޒްރޭލުގެ އަސްކަރިއްޔާއިން 10 ދުވަހަށް ހިންގި އޮޕަރޭޝަނަށްފަހު ލިބުނު ބޮޑެތި ގެއްލުންތައް ފަލަސްތީނުން ވަނީ ދެނެގަނެފައެވެ.
މިމަހުގެ 28 ވަނަ ދުވަހު ހުޅަނގު އައްސޭރިއަށް ބޮޑެތި ހަމަލާތަކެއް ދޭން ފެށި ފަހުން އިޒްރޭލު ސިފައިން ވަނީ ޖެނިން ގަވަމެންޓް ހޮސްޕިޓަލާއި އެ ސިޓީގެ އިބްނު ސީނާ ހޮސްޕިޓަލް ކައިރިން ނުކުމެފައި - ފޮޓޯ: ރޮއިޓަރސް
ފަލަސްތީނުގެ އަސްކަރީ ޗެކްޕޮއިންޓްތަކަށް ވަގުތީ ގޮތުން ފޭބުމަށްފަހު އިޒްރޭލު ސިފައިން އެނބުރި އެ ސިޓީއަށް އަންނާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއާ ވާހަކަ ދައްކަމުން އާންމުން ވަނީ ބުނެފައި - ފޮޓޯ: ރޮއިޓަރސް
އިޒްރޭލު ސިފައިން ޖެނިން ސިޓީ އާއި ރެފިއުޖީ ކޭމްޕު 10 ދުވަސް ވަންދެން ވަށާލުމަށްފަހު ހުކުރު ދުވަހުގެ ފަތިހު އެ ސިޓީން ފޭބުމުގެ ސަބަބުން، ކާބޯތަކެއްޗާއި ފެނުގެ ދަތިކަމުގެ ތެރޭގައި އެ ސަރަހައްދުގެ ރައްޔިތުން ފިލައިގެން ގޮސް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނު - ފޮޓޯ: ރޮއިޓަރސް
ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޖެނިން އާއި ތުލްކަރޭމަށް އިޒްރޭލުން ދިން ހަމަލާތަކަކީ ފަލަސްތީނުގެ އާންމުންނާއި އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުންގެ ގައުމީ އަދި އިންސާނީ ދިރިއުޅުމުގެ ބިންގަލަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް - ފޮޓޯ: ރޮއިޓަރސް
ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ތުހުމަތުކުރާ ގޮތުގައި އިޒްރޭލުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތައް ހުޅަނގު އައްސޭރިއަށް ވަނީ ގެންގޮސްފައި - ފޮޓޯ: ރޮއިޓަރސް
އިޒްރޭލު ސިފައިން ޖެނިން އިން ފޭބުމާއެކު، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފާއިތުވި އަހަރުތަކުގައި ހިންގި އެންމެ ބޮޑު އެއް ސަލާމަތީ އޮޕަރޭޝަނަށް ފަހު ބޮޑެތި އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ - ފޮޓޯ: ރޮއިޓަރސް