ޣައްޒާގެ އަލްމަވާސީ "ސޭފް ޒޯން" އަށް އިޒްރޭލުން ދިން ހަމަލާއެއްގައި 19 މީހުން މަރުވުން

11 ސެޕްޓެންބަރ 2024 | ބުދަ 17:51
-
872
ޣައްޒާގެ ޓެންޓް ކޭމްޕަށް ދިން ހަމަލާގައި 19 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އިތުރު އެތައް ބަޔަކު މަރުވެދާނެ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިޒްރޭލުން ބުނީ އަލް-މަވާސީއަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ބޮޑެތި މަގާމުތަކުގައި ތިބި ސިފައިންނަށް ކަމަށް - ފޮޓޯ: ރޮއިޓަރސް
ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުގައި އެތަނުގެ ސިފައިން ނެތް ކަމަށް - ފޮޓޯ: ރޮއިޓަރސް
އިޒްރޭލުން އަލް-މަވާސީއަށް ދިން ހަމަލާގައި ލިބުނު ގެއްލުންތައް މީހުން ބަލަނީ - ފޮޓޯ: ރޮއިޓަރސް
އިޒްރޭލުން މިހާރު ގާތްގަނޑަކަށް 90 އިންސައްތަ ސަރަހައްދު ހުސްކުރަން އަންގާފައިވާއިރު، އެ ސަރަހައްދުގެ އައްސޭރިފަށުގައި ހުންނަ ޓެންޓް ކޭމްޕްތަކުގެ ބޮޑު ލައިންއެއް ކަމަށްވާ އަލް-މަވާސީއަށް އެތައް ހާސް ބަޔަކު ވަނީ ދާން މަޖުބޫރު ކުރުވާފައި - ފޮޓޯ: އަނަޑޯލޫ
ޓެންޓް އެންކޭމްޕްމަންޓަށް އިޒްރޭލުން އެންމެ ފަހުން ދިން ހަމަލާއަށް ފަހު އަލް-މަވާސީގެ މަންޒަރެއް - ފޮޓޯ: އަނަޑޯލޫ
އިޒްރޭލުން ހަމަލާދިން ސަރަހައްދަށް ލިބުނު ގެއްލުންތައް ފަލަސްތީނުގެ ރައްޔިތުން ބަލަނީ - ފޮޓޯ: އޭއެފްޕީ