10 ސެޕްޓެންބަރ 2024 | އަންގާރަ 18:34
-
944
ހޯމަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހުރި ހ. ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޕަބްލިކް ވާރކްސް ޑިޕާޓްމެންޓުން އަންގާރަ ދުވަހު ވަނީ ފަށާފައެވެ.
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - ހޯމަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހުރި ހ. ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޕަބްލިކް ވާރކްސް ޑިޕާޓްމެންޓުން ފަށާފައި ވަނީ އަންގާރަ ދުވަހު - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - މި ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި 6 ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 ބިދޭސީންނާއި 6 ދިވެހިން އިވެކުއޭޓް ކުރެވުނު ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއީ ކޮންކޮން ބައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނޭ - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، ވަގުތީ ބޯހިޔާވަހިކަން ދޭންޖެހޭ މީހުންނަށް އެ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނޭ - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - އަލިފާން ރޯވި ކެފޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - މި ހާދިސާގައި ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މަޢުލޫމާތުވަނީ ލިބިފައި - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި ކެފޭއާއި އިންވެގެން އިން ދެ އިމާރާތަކަށް އަލިފާނުގެ އަސަރުކޮށްފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - ޖެހިގެން ހުރި އިމާރާތުގައި އަލިފާން ރޯވެ އެ އިމާރާތްވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ - ފޮޓޯ: ރާއްޖެއެމްވީ
ގާމަގު ކެފޭ އަލިފާނުގެ ހާދިސާ - އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އަދި ފުލުހުން ހަރަކާތްތެރިވެފައިވާއިރު، އަލިފާން ކޮންޓްރޯލް ކޮށްފައިވަނި ފޯމް ޖަހައިގެން - ފޮޓޯ: ރާއްޖެއެމްވީ