ކ. މާލެ
|
15 މެއި 2021 | ހޮނިހިރު 23:52
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާ
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް: ހަގީގަތުގައިވެސް އަނިޔާވި
އެއީ ޑްރާމާއެއް ނޫނެވެ.
 
އެމަނިކުފާނަށް އަނިޔާނުވާކަމަށް އަޑުތައް ފެތުރުނު
 
ހާދިސާއަށްފަހު ފޮޓޯތައް ނުފެނުމުން ގިނަބަޔަކު ސުވާލުތައް އުފެއްދި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމަކީ ރައްޔިތުންގެ ސަމާލުކަން އެކަމަކަށް ލިބި  އަބަދުވެސް އެކަމާ ވާހަކަދައްކާ ކަންކަމެވެ. ސިޔާސީ ލީޑަރުންގެ ތެރެއިން ބުރަދަންހުރި  މީހުންނަށް ތާއީދުކޮށް އެމީހުންގެ ފިޔަވަޅުމަތިން ހިނގަން ބޭނުން  ކިތަންމެ ބައެއް އުޅެއެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން  އެންމެ  ގިނަ ބަޔަކު  ތާއީދުކުރާ އެއްލީޑަރެވެ. 

މިހެން ދަންނަވާއިރު ވެސް އެމަނިކުފާނު ކުރައްވާ ކަންކަމާއި، ވިދާޅުވާ ބައެއް ބަސްފުޅަކީ ބައެއް ރައްޔިތުންނަށްް ރުހި ގަބޫލުވެވޭ ކަންކަމެއް ނޫނެވެ. ބައެއް ފަހަރު އެމަނިކުފާނު ކުރައްވާ ކަންކަމަށް ހަޖޫ ޖަހާ މީހުންނާ ވެސް ބައްދަލުވެއެވެ. އެހެންނަމަވެސް މެއި މަހުގެ 6 ވަނަ ދުވަހުގެ ނުރައްކާތެރި ހަމަލާއަށް  ފަހު  އެމަނިކުފާނަށް ހުރިހާ ދިވެހި ރައްޔިތުންގެ ހެޔޮ ދުއާ ލިބިގެން ގޮސްފިއެވެ.

ކޮންމެއަކަސް މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ހިނގައިދިޔަ ނުރައްކާތެރި ހާދިސާއަށްފަހު ރައީސް ނަޝީދު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވި މަންޒަރު ހުރިހާ މީޑިއާއަކުން ކަވަރު ކުރަމުން ގެންދިޔައެވެ. އެމަނިކުފާނުގެ ސާރޖަރީގެ ވަގުތު ދިގުލައިގެން ދާން ފެށުމުން ދެން އަޑު އިވެން ފެށީ އެހާ އަހާލަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެމަނިކުފާނަށް ހަގީގަތުގައި މާ ބޮޑު އަނިޔާތަކެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ނަފްރަތު ކުރާ މީހުން ބުނަމުން ދިޔަ ވާހަކަތަކެވެ.

ސޯޝަލްމީޑިއާގައި އެބާވަތުގެ ވާހަކަތައް ލިޔެ ގުޅުވައިފައިހުރީ އެމަނިކުފާނު ބަންދު ކުރުމަށް ޖަލަށް ލުމަށް ހިނގާދިޔަ އެކިއެކި މަރުހަލާތަކުގެ ހަނދާންތައް އާކުރަމުންނެވެ.

އޭރުވެސް ރަސްމީ ފަރާތެއްގެ ބަހެއް ނުލިބި ގިނައިރުތަކެއްވާން ފެށުމުން މިގޮތަށް ދައުރު ވަމުންދިޔަ ވާހަކަތައް ފެތުރުން ބާރުވިއެވެ. ބައެއް ފަރާތްތަކުން އަނިޔާގެ ފޮޓޯއެއް ނުފެންނަ ކަމަށް ބުނެ މިފަދަ ވާހަކަތަކަށް ބާރުދެމުން ގެންދިޔައެވެ. މިފަދަ ވާހަކަތަކަށް ރައްދުދިން އެކަކު ބުނީ ދިވެހިން ޓެކްނޮލޮޖީއާ މިހާ ފަރިތަ ޒަމާނެއްގައި ކޮންމެ ކަމެއްވެސް ވަގުތުން ވަގުތަށް ސޯޝަލް މީޑިއާއަށް ތިރި ކުރަމުން ދާއިރު އެފަދަ ބޮޑުކަމެއް ވެގެން ދިޔައިރު ލިބިވަޑައިގެންނެވި އަނިޔާގެ  ފޮޓޯއެއް ވީޑިއޯއެއްހާ ހިސާބުވެސް ނުފެންނާތީ ކަންބޮޑުވާ ކަމަށެވެ.

އަނިޔާގެ ފޮޓޯތައް އޭރު އާންމު  ނުވިޔަސް ހަމަލާގެ ފަހުން އެމަނިކުފާނުގެ ސެކިއުރިޓީން ހިތްވަރާއެކު އަމަލުކުރި ގޮތް ފެންނަމުން އާންމުވަމުން ދިޔައެވެ. ފަރުވާ ދެމުން ގެންދިޔަ ހޮސްޕިޓަލުން އަމަލުކުރަމުން އައި ގޮތް މީޑިއާއަށް ހާމަކުރަމުން ގެންދިޔައެވެ.

ދިގުލައިގެން ދިޔަ 16 ގަޑިއިރުގެ އޮޕަރޭޝަން ނިމި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއާ ޑޮކްޓަރުން މައުލޫމާތު ދިން އިރުވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާގެ އަސްލު ފޮޓޯއެއް އާއްމު ނުވެއެވެ. އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ވަމުން ގެންދެވި ތައްޔާރީތަކުގެ ތެރެއިން އެމަނކުފާނަށް ފަރުވާ ދެމުން ގެންދިޔަ ބައެއް ނަރުހުންނާއެކު ފޮޓޯއެއް އާންމު ކުރެއްވިއެވެ. އޯޓީ ކިޓްގައި އެމަނިކުފާނު ހުންނެވިއިރު އެ ފޮޓޯއިން ފެންނަނީ ކަރުގައި އަޅުއްވައިފައި އޮތް  ބެންޑޭޖް ކޮޅެކެވެ. ދެން ވެސް އެމަނިކުފާނަށް ނަފްރަތުކުރާ މީހުން ސުވާލުތައް އުފައްދަން ފެށީއެވެ. މާބޮޑު އަނިޔާތަކެއް ލިބިވަޑައިގެންފައި ނެތް ކަމަށް ބުނެއެވެ.

މިކަމާ ދެން ގުޅުވަން ފެށީ، 2015 ވަނަ އަހަރު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާއެެވެ. އެ ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުންގެ މައިބަދައަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަނީ ކަމަށް ވިދާޅުވެ އެތައް ދުވަހެއް އައިޖީއެމްއެޗްގައި ހޭދަކުރެއްވި ކަމަށް ބުނެއެވެ. 

މިފަދަ ވާހަކަތައް ދައްކަމުން އަންނަ މީހުންނަށް މިއަދު މިވަނީ ރަނގަޅު ޖަވާބު ލިބިފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯތައް އެމަނިކުފާނުގެ ބޭބޭފުޅު އާންމު ކުރެއްވުމާއެކު ގިނަ ބައެއްގެ ލޯތައް އެއަށް ހުއްޓުނެވެ. އެމަނިކުފާނަށް އަމާޒުކޮށްދިން ނުރައްކާތެރި ހަމަލާގެ ބޮޑުމިން އެންމެނަށް ވިސްނޭވަރު ވެގެންދިޔައީއެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާގެ ބޮޑުމިނާމެދު އިތުރަށް ޝައްކު އުފެއްދި އެންމެން ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
7%
5%
59%
11%
9%
9%
ކޮމެންޓް
20 މެއި 2021 | ބުރާސްފަތި 12:18
ސަރުކާނު
ޔާކީންގެ ލޯންޗްކޮޅު ގޮއްވާލުމަކީވެސް ޑްރާމާއެއް ނޫނެވެ. އެކަމަކު އެދުވަހު އެ ޑްރާމާއަކަށް ހެދިމީހުން މިއަދު ޑްރާމާނޫންކަމަށް ދައުވާކުރަނީއެވެ. އެދުވަހުގެ އެކަމުގައި ބައިވެރިވިމީހުންގެ ޑްރާމާ މިސަރުކާރުން ކުޅެނީ ނޭވާލާން އުދަގުވުމާ ކުށެއްނެއްކަން ދައްކާށެވެ.. އެހެންވީމާ މީވެސް ޑްރާއެއްކަމަށް ބުނުމުގެ ހައްޤު އެބައޮތެވެ. ދެރަވޭ ހެއްޔެވް.؟
16 މެއި 2021 | އާދީއްތަ 10:48
Shakeela Ali Didi
އަދިވެސް ބައެއް މީހުން ސުވާލް އެބަ އުފައްދާ މޫނު އެއްކޮށް ނުފެނިގެން.