ކ. މާލެ
|
15 މެއި 2021 | ހޮނިހިރު 17:54
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން،
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން،
އެމްއެންޑީއެފް
އައްޑޫގައި ޚާއްސަ އޮޕަރޭޝަނެއް
ޓެރަރިޒަމާ ދެކޮޅަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި
 
މާލޭ ސިޓީގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްފައި
 
މީގެ ކުރިން ވެސް އައްޑޫގައި މިކަހަލަ ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވޭ
 
މިއޮޕަރޭޝަނުގެ އިތުރު ތަފްސީލެއް ނުދޭ

ޓެރަރިޒަމާ ދެކޮޅަށް އައްޑޫ ސިޓީގައި ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ފުލުހުންނާއި ގުޅިގެން އައްޑޫގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިއޮޕަރޭޝަނުގެ އިތުރު ތަފްސީލެއް ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ޓެރަރިޒަމާއި ދެކޮޅު އޮޕަރޭޝަން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އައްޑޫ ސިޓީގައި ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އައްޑޫ ސިޓީގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މާލޭސިޓީގައި ވެސް ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މާލޭގެ މަގުތަކުގައި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވަމުންދާއިރު، ސަލާމާތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ހަމަލާއަށްފަހު މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ. މި ތިން މީހުން ވެސް މިނިވަން ތަހުގީގަކަށް ފަހު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި އެހެން މީހުން ވެސް ހޯއްދަވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން، އަރިހުގައި އެވަގުތު ތިބި ސިފައިންނާއި އާންމުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
56%
22%
22%
0%
0%
ކޮމެންޓް