Advertisement
ކ. މާލެ
|
13 މެއި 2021 | ބުރާސްފަތި 03:58
ގެއްލިގެން ހޯދަމުން އަންނަ އާމިނަތު ހުމައިނާ ޒަކަރިއްޔާ (21އ)
ގެއްލިގެން ހޯދަމުން އަންނަ އާމިނަތު ހުމައިނާ ޒަކަރިއްޔާ (21އ)
ޕޮލިސް
މީހަކު ގެއްލިގެން ހޯދުން
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުން އަންނަނީ މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ
އޭނާ ގެއްލިފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އެހާކެއް ހާއިރު
އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ހުދުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް

މާލެއިން ޒުވާން އަންހެންނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ (21އ)އެވެ. ފުލުހުން ބުނީ މި މެއި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން އާމިނަތު ހުމައިނާ ޒަކަރިއްޔާ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދިނެވެ.

Advertisement

އާމިނަތު ހުމައިނާ ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ހުދުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެކެވެ.

އާމިނަތު ހުމައިނާ ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް