ކ. މާލެ
|
12 މެއި 2021 | ބުދަ 00:25
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވާހަކަދައްކަވަނީ
ރައީސް އޮފީސް
ބެކްލޮގެއް އުފެދުން
ބެކްލޮގެއް އައީ ކުއްލިއަކަށް ކޭސްތައް އިތުރުވުމުން: މަބްރޫކް
 
ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
 
އަތޮޅުތެރޭގެ ރަށްތަކަށް ޓެސްޓު ކިޓް ލިބުމުގައި ވެސް ކޮންމެވެސް ވަރެއް ދަތިތަކެއް ކުރިމަތިވި
 
މިސަރޖާއެކު އަތޮޅުތެރޭގެ ވެސް ކޭސްތައް އިތުރުވެގެން ދިޔައީ ކުއްލިއަކަށް

ނަތީޖާ ނުލިބި ސާމްޕަލްތައް ލަސްވީ ގިނަ ސަބަބުތަކާއެކު، މިފަހަރު ކުރިމަތިވި ސަރޖު ކުއްލިއަކަށް އައުމުން ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ބެކްލޮގެއް އުފެދެން ދިމާވި ވަރަށް ގިނަ ސަބަބުތަކާއި ހުރެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މާލެސިޓީއަށް ކުރިމަތިވި މިސަރޖާއެކު އަތޮޅުތެރޭގެ ވެސް ކޭސްތައް އިތުރުވެގެން ދިޔައީ ކުއްލިއަކަށް ކަމަށެވެ. އެހެންކަމުން އަތޮޅުތެރޭގެ ރަށްތަކުގައި ސާމްޕަލް ނެގުމާއި ޓެސްޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވިކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކަށް ޓެސްޓު ކިޓް ލިބުމުގައި ވެސް ކޮންމެވެސް ވަރެއް ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޕީސީއާރް ލެބޯޓްރީގެ މޭޝިންގެ މައްސަލައެއް ޖެހި، ބޭނުން ނުކުރެވި ދުވަސްތަކެއް ފާއިތުވެގެންދިޔަ ކަމަށެވެ. އެހެންކަމުން މާލޭގެ ޓެސްޓިން ކެޕޭސިޓީ ވެސް ދަށްވެގެން ދިޔަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރަށްރަށުގައި ޓެސްޓު ކުރަން ހުންނަ ފެސިލިޓީތަކުގަ ދިޔަ ދުވަހެއް ވަރު ޓެސްޓް ކިޓްތައް ކުއްލިއަކަށް ހެހާ މައްޗަށް ގޮސް ސާމްޕަލްތައް ނަގަންޖެހޭ ވަރު އިތުރުވީމަ އެކަމާ ގުޅިގެން ހުރި ލަސްތަކެއް. އޭރު ހުރިހާ ސާމްޕަލެއް ގެނެވުނީ މާލެއަށް. މާލޭގައި މިދޭތެރެއިން ދިމާވި އެއްކަމެއް ހުޅުމާލެ ހޮސްޕިޓަލް ޕީސީއާރް ލެބޯޓްރީގެ މޭޝިންގެ މައްސަލައެއް ޖެހިގެން ދުވަސްތަކެއް ދިޔަ. މާލޭގެ ޓެސްޓިން ކެޕޭސިޓީ ވެސް ދަށްވެފައި އޮތީ. އަދި އަތޮޅުތެރޭގައި މިހާރު ނަގާ ސާމްޕަލްތަކުގެ ތެރެއިން އެދުވަސްކޮޅު މާލެއަށް ގެނައުމާއި މާލޭގެ ސަރޖް އާދިމާވުމާއި ގުޅިގެން މާލެއަށް ހުރި ކެޕޭސިޓީ ނުކުރެވި އެކަންދިޔައީ
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު

ކޭޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގެ ފެސިލިޓީތަކަށް ވެސް ޓެސްޓުކިޓްތައް ފޮނުވި އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށާއި، ރަނގަޅު އިންތިޒާމެއްގެ ތެރެއިން އެކަންކަން ބަލަމުންދާނެ ކަމަށެވެ. އަދި ވިދާޅުވީ މާލޭގައި ހިއުމަންރިސޯސް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތައް ފުޅާކުރެވި، އެޗްއީއޯސީގެ މަސައްކަތްތައް ވެސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ސްޓާފުން އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
100%
0%
ކޮމެންޓް
12 މެއި 2021 | ބުދަ 07:24
ކޮއިމަލާ
އިންޑިއާ ޕާކިސްތާން މީހުން ގެކޮވިޑް ކަރަންޓީނު ފެސިލިޓީ ތަކަށް ރާއްޖޭގެ ގެއްސްޓް ހައުސް ތަށް ހައްދަވާފައި އެމީހުން އައިސް 2 ދުވަހަކު ތޫރިސްޓް ގެސްޓް ހައުސް ތަކުގައި ތިބެފަ ބަދަލުކޮށް ތިދެއްވީ އާދައިގެ ލޯކަލް ގެސްޓް ހައުސްތަކަށް. ދެން އެމީހުން ގެ ކެއިން ބުއިން ހަމަ ތި ޖައްސަވާ ދެއްވީ އާދައި ގެ ލޯކަލް ހޮޓާތަކުން. ޒިންމާ ދާރުކަން ކޮބާ!! ސާބަސް ނޫނޭ މޮޅަށް ތި ކޮވިޑް ފަތުރާލީ......