ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 17:26
ކުޅުދުއްފުށީ ސިޓީގައި ރެންޑަމް ސާމްޕަލް ނަގަނީ
ކުޅުދުއްފުށީ ސިޓީގައި ރެންޑަމް ސާމްޕަލް ނަގަނީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކޮވިޑް ކޮންޓްރޯލް ކުރުން
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި
 
ގެސްޓުން ފިޔަވައި އެހެން ފަރާތްތައް ރަށަށް ނޭރުވުން
 
ސްޓާފުންގެ އެކޮމޮޑޭޝަންގައާއި ކެއުމުގެ ކަންތައްތައް ހަމަޖެއްސުމުގައި ގައިދުރުކަން ބެހެއްޓޭގޮތަށް އިންތިޒާމު ހަމަޖެއްސުން
 
ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި، އެއްވުންތައް ހުއްޓާލުމަށް އަންގާފައިވޭ

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ, "މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު"ގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެ މީހުންގެ ކޮންޓެކްޓުން، އެވަގުތެއްގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މުއްދަތާއި އުސޫލާ އެއްގޮތަށް އެކަހެރިވެ ތިބުމާއި, ކަރަންޓީނުގައި ތިބުމާއި, އެކަހެރިވުމުގައާއި, ކަރަންޓީނުވުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.

އަދި ދިރިއުޅޭ ގޭބިސީން ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި، އާންމު ޚިދުމަތްތަކާއި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ބަލި ފެތުރުމުން ރައްކާތެރިވުމާއި، ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމުގެ އިތުރުން, ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި ބަލިން ރައްކާތެރިވުމަށް އިންފެކްޝަން ކޮންޓްރޯލްގެ ޚާއްސަ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ގިނަ މީހުން އެއްވެ އުޅޭ ހަރަކާތްތައް މެދުކަނޑާލުމާއި, ކޮންމެހެން ބާއްވަން ޖެހޭ ކަންކަން ވީހާވެސް މަދު މީހުން ބައިވެރިކޮށްގެން، ގައިދުރުކަން ބެހެއްޓުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޭއްވުމަށް ވަނީ އަންގާފައެވެ. އަދި ބައްދަލުވުންތަކާއި މި ފަދަ އެހެނިހެން ހަރަކާތްތައް އޮންލައިންކޮށް ބޭއްވުމަށް ޚިޔާރުކުރުމާއި، ބަލިފެތުރުން ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތަކާބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި, ރަށަށް އަރައިފޭބުމުގައި ބަލިން ރައްކާތެރިވުމުގެ އެންމެހާ ފިޔަވަޅުތައް އެޅުމާއި, ރަށަށް އަރާ ފައިބާ މީހުން ވީހާވެސް މަދުކުރުމަށް ވަނީ އަންގާފައެވެ.

މި ކަންތައްތަކުގެ އިތުރުން ޓުއަރިސްޓް ރިސޯރޓްތަކުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތްތަކުގެ ތެރޭގައި ހިމެނެނީ, ސްޓާފުންގެ އެކޮމޮޑޭޝަންގައާއި ކެއުމުގެ ކަންތައްތައް ހަމަޖެއްސުމުގައި ގައިދުރުކަން ބެހެއްޓޭގޮތަށް އިންތިޒާމު ކުރުމާއި، ރަށުގައި އަސާސީ ސިއްހީ ފަރުވާ, އަދި އިމަރޖެންސީގައި ދޭންޖެހޭ ފަރުވާ ލިބޭނެގޮތް ހަމަޖެއްސުމާއި، ގެސްޓުންނާއި ސްޓާފުންނާ ވީހާވެސް ބޮޑަށް ދިމާނުވާގޮތަށް ޚިދުމަތްދިނުމުގެ ކަންތައްތައް ހަމަޖެއްސުމެވެ.

އަދި ރިސޯޓަށް މުދަލާއި ތަކެތި ގެންނަ ފަރާތްތަކާ ރިސޯޓްގެ ސްޓާފުންނާ ދިމާނުވާގޮތަށް އިންތިޒާމުތައް ހަމަޖެއްސުމާއި، ރިސޯޓަށް އަރައި ފޭބުމުގައި ކޮވިޑް-19ން ރައްކާތެރިވުމުގެ އެންމެހާ ފިޔަވަޅުތައް އެޅުމާއި ޓުއަރިސްޓުން ފިޔަވައި ރަށަށް އަރާ ފައިބާ މީހުން ވީހާވެސް މަދުކުރުން ހިމެނެއެވެ. އަދި ގިނަ ސްޓާފުން އެއްވެގެން ބާއްވާ ހަރަކާތްތައް މެދުކަނޑާލުމަށް ވަނީ އަންގާފައެވެ.

އިންޑަސްޓްރިއަލް ރަށްރަށާއި ހަދަމުންދާ ރިސޯޓް ފަދަ ތަންތަނުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތްތަކުގެ ތެރޭގައި ހިމެނެނީ, ކޮވިޑް-19ށް ފައްސިވާ މީހުންނާއި ފައްސިވާ މީހުންގެ ކޮންޓެކްޓުން، އެވަގުތެއްގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މުއްދަތާއި އުސޫލާ އެއްގޮތަށް އެކަހެރިވެ ތިބުމާއި, ކަރަންޓީނުގައި ތިބުމާއި އެކަހެރިވުމުގައި, ކަރަންޓީނުވުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމެވެ. އަދި އެންމެން މާސްކް އެޅުމާއި، ސްޓާފުންގެ އެކޮމޮޑޭޝަންގައާއި ކެއުމުގެ ކަންތައްތައް ހަމަޖެއްސުމުގައި ގައިދުރުކަން ބެހެއްޓޭގޮތަށް އިންތިޒާމު ކުރުމާއި، ރަށުގައި ދިރިއުޅޭ މީހުންނާއި މުދަލާއި ތަކެތި ހިފައިގެން ރަށަށް ދަތުރުކުރާ މީހުން ދިމާނުވާ ގޮތަށް ތަކެތި ހަވާލުވުމާއި ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ރަށުގައި އަސާސީ ސިއްހީ ފަރުވާ އަދި އިމަރޖެންސީގައި ދޭންޖެހޭ ފަރުވާ ލިބޭނެގޮތް ހަމަޖައްސުމަށް ވަނީ އަންގާފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށް އާންމު ފަރުދުން އަމަލު ކުރަންވީގޮތް

  • ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުންނަނަމަ އެކަހެރިވެ ހުރުމާއި، ވީ އެންމެ އަވަހަކަށް ޓެސްޓުކުރުން، އަދި އެރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަނަކުން އިރުޝާދާއި އެހީތެރިކަން ހޯދުން.
  • ކޮވިޑް-19އާ ގުޅިގެން އެޗް.ޕީ.އޭ/ސިއްހީ ޚިދުމަތްދޭ ތަން/ކައުންސިލުން އަންގާ އެންގުން ތަކަށް އަހުލުވެރިވެ އެއާ އެއްގޮތަށް އަމަލުކުރުން.
  • ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިނަމަ ގޭގައިވެސް މާސްކް އަޅައިގެން އުޅުމާއި، އެހެން މީހުންނާ ވަކިން އުޅުން، އަދި ވީހާ އަވަހަކަށް ކޮވިޑަށް ޓެސްޓުކުރުން.
  • ގެއިން ބޭރުގައި އެހެންމީހުންނާ ދިމާވެ އުޅުމުގައި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
  • ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން (މަދުވެގެން 20 ސިކުންތު ވަންދެން) ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން ގިނަގިނައިން އަތް ސާފުކުރުން.
  • ފާޚާނާ ކުރުމަށްފަހުގައާއި، ކެއުމުގެ ކުރިން، އަދި ކާބޯތަކެތި ތައްޔާރު ކުރުމާއި ކެއުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  • އަބަދުވެސް އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުން.
  • ބޭނުންކޮށްފައިވާ ޓިޝޫ، މާސްކް ފަދަ ތަކެތި ރައްކާތެރިގޮތުގައި އެއްލާލުން (މި ފަދަ ތަކެތި އެއްލާލުމުގައި މަތި ޖެހި ޑަސްބިން ބޭނުންކުރުން)
  • ފޮތި މާސްކް ބޭނުން ކުރާނަމަ ރައްކާތެރި ގޮތުގައި ދޮވެގެން ބޭނުންކުރުން.
  • ނޭފަތާއި އަނގަ އަދި ލޮލުގައި އަތްލުމުން ދުރުހެލިވުން.
  • ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިނަމަ އާންމު ދަތުރުފަތުރުކުރާ އުޅަނދު ބޭނުން ކުރުމުން ދުރުހެލިވުން.
  • ކޮވިޑް-19ށް ފައްސިވެއްޖެނަމަ، އުސޫލުތަކާއެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ގޭގައި އެކަހެރިވުން.
  • ކޮވިޑް-19ށް ފައްސިވާ މީހަކާ ކޮންޓެކްޓް ވެއްޖެނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓީނުވުމާއި، ކަރަންޓީނުވާން ނުޖެހޭ ހާލަތްތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.

އެޗްޕީއޭއިން މި ބަދަލުތައް ގެނެސްފައިވަނީ, ކޮވިޑުން ރައްކާތެރިވުމަށް 25 މެއި 2021 ވަނަ ދުވަހު އަންގާ އާންމުކުރި އިސްލާހު އުވާލުމަށްފަހުގައެވެ. އަދި މި އުސޫލަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް
23 ފެބްރުއަރީ 2022 | ބުދަ 19:04
ހެއްރަބެ
ކޮން ކަމެއް ހާސިލް ނުވެގެންތޯ ތިޔަހާވަރަށް ކޮވިޑް ޑްރާމާ ތިޔަ ކުޅުއްވަނީ!!! މިހާރު ތިޔަކޮވިޑް ކޮންމެވެސް މިންވަރަކަށް ނުޖެހޭ މީހަކު ރާއްޖެއަކު ނޫޅޭނެ!!! ދެން ހަމަ އެއްމެ ރަނގަޅުވާނީ ތިޔަކޮވިޑް ޑްރާމާ ހަނދާން ނައްތާލައި ފޫނެތް ފައައް ފެންފުރުން ހުއްޓާލިއްޔާ!!!