Advertisement
ކ. މާލެ
|
8 މެއި 2021 | ހޮނިހިރު 19:17
ފުލުހުންގެ އޮޕަރޭޝަން
ފުލުހުންގެ އޮޕަރޭޝަން
ރާއްޖެއެމްވީ
އޮސްޓްރޭލިއާގެ ފުލުހުން ރާއްޖެ އައުން
އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމު ރާއްޖެ އަތުވެއްޖެ
އޮސްޓްރޭލިއާގެ ޓީމެއް މައްސަލައިގެ ތަހުގީގަށް ރާއްޖެ އަންނަކަން ރައީސް ސާލިހު ވަނީ އިއުލާން ކުރައްވާފައި
އެ ޓީމު ރާއްޖެ އައީ ހޮނިހިރު ދުވަހު ހެނދުނު

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި ދިވެހި ފުލުހުންނަށް އެހީވުމަށް އޮސްޓްރޭލިއާގެ މަރުކަޒީ ފުލުހުންގެ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެ ޓީމު ރާއްޖެ އައީ ހޮނިހިރު ދުވަހު ހެނދުނު ކަމަށާއި، ތަހުގީގުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

Advertisement

އޮސްޓްރޭލިއާގެ ޓީމެއް މި މައްސަލައިގެ ތަހުގީގަށް ރާއްޖެ އަންނަކަން ރައީސް ސާލިހު ވަނީ ހާދިސާ ހިނގި ރޭ އިއުލާން ކުރައްވާފައެވެ. އޭރުން ފެށިގެން ކްރައިމް ސީން ބަންދުކޮށް ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނައިރު ތަހުގީގުގައި މިހާތަނަށް ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު މީހެއްގެ އައިޑެންޓިޓީ ދެނެގަތުމަށް އާންމުންގެ އެހީއަށް ވެސް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް