ކ. މާލެ
|
7 މެއި 2021 | ހުކުރު 12:56
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އާންމު ރައްޔިތުންނާއި ފުލުހުން އޭޑީކޭ ސަރަޙައްދަށް އެއްވެފައި
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އާންމު ރައްޔިތުންނާއި ފުލުހުން އޭޑީކޭ ސަރަޙައްދަށް އެއްވެފައި
ރާއްޖެއެމްވީ
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ
ރައީސް ނަޝީދުގެ ސަރޖަރީތައް ކާމިޔާބު، ބާކީ އަދި އެއް ޕްރޮސިޖަރ
 
އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ އިތުރު ފަރުވާތަކެއް ދޭންޖެހޭކަމަށް ބުނެފައި
 
ކުރިއަށް ގެންދަންޖެހޭ މުހިއްމު އެއް ޕްރޮސިޖަރ ބާކީ އެބައޮތް
 
އޭޑީކޭއިން ކުރި ޓްވީޓެއްގައި ވަނީ ހުރިހާ ސަރޖަރީއެއް ވެސް ކާމިޔާބުކަމަށް ބުނެފައި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އެމަނިކުފާނަށް ފަރުވާ ދިނުމަށް އޭޑީކޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ސަރޖަރީތައް ކާމިޔާބުކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭއިން 3 ސަރޖަރީއެއް ކުރިއަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބޭއިރު، ހުކުރު ދުވަހު އޭޑީކޭއިން ކުރި ޓްވީޓެއްގައި ވަނީ ހުރިހާ ސަރޖަރީއެއް ވެސް ކާމިޔާބުކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، އަދި ކުރިއަށް ގެންދަންޖެހޭ މުހިއްމު އެއް ޕްރޮސިޖަރ ބާކީ އޮތްކަން އޭޑީކޭއިން ފާހަގަކޮށްފައިވެއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭޑީކޭއިން ހާމަކޮށްފައެއް ނުވެއެވެ.

އިތުރު ފަރުވާތަކެއް ދޭންޖެހޭކަން އޭޑީކޭއިން ފާހަގަކޮށްފައިވާއިރު، ހޮސްޕިޓަލުގައި ޙަރަކާތްތެރިވި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ އިތުރު ފަރުވާތަކެއް ދޭންޖެހޭކަމަށް މައުލޫމާތު ލިބޭކަން ރާއްޖެޓީވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ޙަލީމް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިން އަނިޔާއެއް ކަމަށެވެ. އޭޑީކޭގައި ހުންނަވައިގެން ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ޙަލީމް ވިދާޅުވީ، ރައީސް ނަޝީދު އަދިވެސް އޮންނެވީ އަައިސީޔޫގައި ކަމަށާއި، ހޭފުޅު ނާރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
9%
5%
59%
5%
0%
23%
ކޮމެންޓް
ގުޅުންހުރި