ކ. މާލެ
|
5 މެއި 2021 | ބުދަ 01:06
ކްރިމިނަލް ކޯޓް- ޖޭއެސްސީން ބުނީ މާލެ ސަރަޙައްދުގެ ކޯޓުތަކުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް
ކްރިމިނަލް ކޯޓް- ޖޭއެސްސީން ބުނީ މާލެ ސަރަޙައްދުގެ ކޯޓުތަކުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް
ރާއްޖެއެމްވީ
ކޯޓުތަކުގެ މަސައްކަތްތައް
ކޯޓުތަކުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ: ޖޭއެސްސީ
ޚާއްސަ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ
ބަލި ކޮންޓްރޯލް ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
އެގޮތަށް ނިންމާފައިވަނީ ކޮމިޝަނުން 4 މެއި 2021 ދުވަހު ބޭއްވި 36 ވަނަ ބައްދަލުވުމުގައި

ކޮވިޑް-19 ގެ މި ޙާލަތުގައިވެސް ރައްކާތެރިކަމާއެކު ކޯޓުތަކުގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބުނެފިއެވެ.

އަންގާރަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އާއްމުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކޮމިޝަނުން 4 މެއި 2021 ދުވަހު ބޭއްވި 36 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ކޮވިޑް 19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވެ ބަލި ކޮންޓްރޯލް ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.

ޖޭއެސްސީން ބުނީ މާލޭ ސަރަހައްދުގެ ކޯޓުތަކާއި ކޮވިޑް-19 އާ ގުޅިގެން އެ ރަށަކަށް ވަކި ޚާއްސަ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައްވެސް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑުގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ، ކޮންމެ ދުވަހަކުވެސް ރެކޯޑު އަދަދުތަކުން ދަނީ ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ. އެއާއެކު، ކޭސްތައް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ޚާއްސަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

- ކޮމެންޓް