Advertisement
ކ. މާލެ
|
4 މެއި 2021 | އަންގާރަ 14:40
ދެ މީހުން ހައްޔަރު ކޮށްފައިވަނީ ޅ. ނައިފަރު އަދި ރ. އިނގުރައިދޫން
ދެ މީހުން ހައްޔަރު ކޮށްފައިވަނީ ޅ. ނައިފަރު އަދި ރ. އިނގުރައިދޫން
މިހާރު
މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރުކުރުން
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ނައިފަރުން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މީހެއް
އިނގުރައިދޫން ހައްޔަރު ކޮށްފައިވަނީ އުމުުރުން 29 އަހަރުގެ މީހެއް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ނައިފަރު އަދި ރ. އިނގުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.

އެގޮތުން، ނައިފަރުން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހު ނައިފަރު ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭނާއާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައިގެން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

Advertisement

އިނގުރައިދޫން ހައްޔަރު ކޮށްފައިވަނީ އުމުުރުން 29 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިނގުރައިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ. ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް