ކ. މާލެ
|
4 މެއި 2021 | އަންގާރަ 12:41
ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ މިހާރުވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައި
ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ މިހާރުވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައި
އެޗްއީއޯސީ
ވެކްސިންގެ ސްޓޮކް މަދު
ރާއްޖޭގައި ހުރި ކޮވިޑް ވެކްސިންްގެ ސްޓޮކް މަދު - މަބްރޫކް
 
ޓެސްޓް ކިޓްތަކަށް ވެސް އޯޑަރ ދީފައިވަނީ
 
ވެކްސިންގެ އިތުރު ސްޓޮކްތަކަކަށް އޯޑަރ ދީފައިވަނީ
 
ރާއްޖޭގައި ހުރީ ވެކްސިންގެ މަދު މިންވަރެއް

ރާއްޖޭގައި ހުރި ކޮވިޑް ވެކްސިންްގެ ސްޓޮކް މަދުކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ވެކްސިން މިހާރު ހުރި އަދަދު މަދުކަމަށް ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށާއި، ނަމަވެސް މިވަގުތު ހުރީ ސީދާ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް ސާފު ނުވާކަމަށެވެ.

ވެކްސިންގެ އަދަދު މަދުވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، ކޮންމެ ދުވަހަކުވެސް ވެކްސިން ޖެހުމަށް އެތައް ގަޑިއިރެއްކުރިން ވެކްސިން ސެންޓަރުތައް ކައިރީގައި ކިއު ހަދައެވެ. އެހެންނަމަވެސް މިހާރު ވެކްސިން ޖަހަނީ ވަކި ޚާއްސަ ތަރުތީބަކުންނެވެ. މިހާރު އިސްކަންދެނީ ފެބްރުއަރީ މަސްތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށެވެ. މިހެން މިކަން އޮތްނަމަވެސް ވެކްސިން ސެންޓަރުތަކުގައި ދިގު ކިއުއެއް އޮވެއެވެ. އެޗްއީއޯސީން ބުނެފައިވަނީ ވެކްސިން ޖަހައިދޭނީ ވެކްސިން ކާޑަށް ބެލުމަށްފަހު، ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މީހުންނަށް އެކަނިކަމަށެވެ.

ވެކްސިންގެ ސްޓޮކް މަދުވެފައިވެފައިވީ ނަމަވެސް ވެކްސިން ޖެހުމަށް ގެންދަނީ ބާރު އަޅަމުންނެވެ. ސަރުކާރުން ވަނީ އެސްޓްޒެނެކާގެ 7 ލައްކަ ވެކްސިން ޑޯޒް ގަތުމަށް އޯޑަރު ދީފައިކަމަށް ހެލްތް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ އެސްޓްރަޒެނެކާ ވެކްސިން ލިބޭނީ އަންނަ ޖޫން މަހުކަމަށެވެ.

އިންޑިއާއިން ވެކްސިން ލިބޭތޯ މަސައްކަތްކުރަމުން އަންނަކަމަށާ، ރަޝިޔާއިން އުފައްދާފައިވާ ވެކްސިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ފައިޒާ ވެކްސިންގެ އިތުރު ޑޯޒްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ޓެސްޓް ކިޓްތައް ވެސް މިހާރު ހުރީ ގާތްގަނޑަކަށް ވިހި ހާސް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު ކިޓްތަކަށް އޯޑަރ ދީފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގައެވެ. ފުރަތަމަ ކޮވިޝީލްޑް ވެކްސިން ޖަހަން ފެށިނަމަވެސް މިހާރު އަންނަނީ ސިނޯފާމް ވެކްސިނާއި ފައިޒާ ވެކްސިން ވެސް ޖަހައިދެމެންނެވެ. އެހެންނަމަވެސް ފައިޒާ ވެކްސިން ޖަހާދެނީ ޚާއްސަ ޙާލަތްތަކުގައި ތިބި މީހުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް