ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 17:01
ރ. ރަސްގެތީމު - އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު އަމަލުކުރަންޖެހޭ ކަންކަން ވަނީ އައު އުސޫލުގައި ހިމަނާފައި
ރ. ރަސްގެތީމު - އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު އަމަލުކުރަންޖެހޭ ކަންކަން ވަނީ އައު އުސޫލުގައި ހިމަނާފައި
ރާއްޖެއެމްވީ
ރަށްރަށަށް ދަތުރުކުރުމުގެ އުސޫލު
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ
 
ބަލިފެތުރުން ކޮންޓްރޯލުކުރެވިފައިވާކަމަށް ކަނޑައަޅާނީ، 1 ހަފުތާގެ މުއްދަތުގައި ހެދޭ ކޮވިޑް-19ގެ ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ 20 އިންސައްތައަށްވުރެ ދަށްވުމުން
 
ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ ފަރާތްތައް ޓެސްޓުކުރަންޖެހޭ
 
ކޮވިޑް-19އަށް ފައްސިވެފައިވާ މީހާގެ ކޮންޓެކްޓުންގެ ތެރެއިން، ބަލީގެ ނުރައްކާތެރިކަން ބޮޑު ފަރާތްތަކުގެ އިނީޝަލް ސާމްޕަލް ޓެސްޓް ކުރަންޖެހޭ

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން, ވެކްސިން ފުރިހަމަ ނުވާ ފަރާތްތައް ކޮވިޑް-19ށް ޓެސްޓުކުރަންޖެހޭ ގޮތަށް, "މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު" އެކުލަވާލައި އަމަލުކުރަން އަންގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ, "މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު"ގައި ބުނެފައިވަނީ, މީހުން ދިރިއުޅޭ ރަށްރަށުގައި, ބަލިފެތުރެމުންދާ ހާލަތުގައި އިތުރަށް ބަލި ދެނެގަތުމަށް ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ ފަރާތްތައް ޓެސްޓުކުރުން (ބަލީގެ އަލާމާތް ހުންނަ މީހުންނަށް އެންޓިޖަން ނުވަތަ ޕީ.ސީ.އާރ ޓެސްޓް ހެދޭނެ), އަދި އެރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ފުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުވާ މީހުން ކޮވިޑް-19ށް ޓެސްޓް ކުރުމާއި، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހާގެ ކޮންޓެކްޓުންގެ ތެރެއިން ބަލީގެ ނުރައްކާތެރިކަން ބޮޑު މީހުން (އުމުރުން ދުވަސްވީ މީހުން، ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތައް) އިނީޝަލް ސާމްޕަލް ޓެސްޓްކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެބައެއްގެ ފަރާތުން ގިނަ ބަޔަކަށް ނުވަތަ ހައި ރިސްކް މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ފަރާތްތަކުގެ އެކްޓިވް ސަރވެއިލަންސް ހެދުން (ސިއްހީ ޚިދުމަތްދޭ ފަރާތްތައް، ދަތުރު އުޅަނދުތަކުގެ ފަޅުވެރިން، އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް، އުނގަންނައިދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުން، ކުދިން ނުވަތަ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުން) އަދި ބަލި ދެނެގަތުމަށް ހެދޭ ޓެސްޓު އަދި ސަރވެއިލަންސް މަސައްކަތްތައް ދުވަހުން ދުވަހަށް ރިޕޯރޓްކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުންވެސް ކަނަޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ޓެސްޓް ކުރުމާއި، ރާއްޖެއިން ބޭރުން އަންނަ މީހުން ޓެސްޓް ކުރަންވާނެކަމަށް ބުނެފައިވެއެވެ. އަދި މި ޓެސްޓް ތަކުގެ މައުލޫމާތާއި ނަތީޖާވެސް އަޕްޑޭޓް ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ޓުއަރިސްޓް ރިސޯރޓްތަކާއި އިންޑަސްޓްރިއަލް ރަށްރަށާއި ހަދަމުންދާ ރިސޯރޓް ފަދަ ތަންތަނުގައި, ބަލިފެތުރެމުންދާ ހާލަތުގައި އިތުރަށް ބަލި ދެނެގަތުމަށް އަމަލުކުރަންވީ ގޮތުގެ ގޮތުގައި ބުނެފައިވަނީ, ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ އެންމެން ޓެސްޓުކުރުން (ބަލީގެ އަލާމާތް ހުންނަ ފަރާތްތަކަށް އެންޓިޖަން ނުވަތަ ޕީ.ސީ.އާރ ޓެސްޓް ހެދޭނެ) ކަމަށެވެ. އަދި ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހާގެ ކޮންޓެކްޓުންގެ ތެރެއިން ބަލީގެ ނުރައްކާތެރިކަން ބޮޑު މީހުން (އުމުރުން ދުވަސްވީ މީހުން، ބަލިތައް ތަޙައްމަލުކުރަމުންދާ މީހުން) ޓެސްޓް ކުރުމާއި، ބަލި ފެތުރެމުންދާ ރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ފުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުވާ މީހުން ޓެސްޓް ކުރުން ހިމެނެއެވެ.

އަދި އެ ރަށެއްގައި ދިރިއުޅެމުންދާ, އަދި މަސައްކަތަށް ރަށަށް އަންނަ ސްޓާފުންގެ އެކްޓިވް ސަރވެއިލަންސް ހެދުމާއި، ބަލި ދެނެގަތުމަށް ހެދޭ ޓެސްޓު އަދި ސަރވެއިލަންސް މަސައްކަތްތައް ދުވަހުން ދުވަހަށް ރިޕޯރޓްކުރުމަށް ވަނީ އަންގާފައެވެ. އަދި މީގެ އިތުރުންވެސް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ޓެސްޓް ކުރުމާއި، ރާއްޖެއިން ބޭރުން އަންނަ މީހުންގެ ޓެސްޓް ކުރަމުން ގެންދަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި މި ޓެސްޓް ތަކުގެ މައުލޫމާތާއި ނަތީޖާވެސް އަޕްޑޭޓް ކުރަމުންދާންވާނެ ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ބަލި ފެތުރެމުންދާކަމަށް ކަނޑައަޅާފައިވާ ރަށެއްގައި ބަލިފެތުރުން ކޮންޓްރޯލުކުރެވުމުން އެހާލަތު އުވާލައި, ބަލިފެތުރެމުންދާ ރަށްރަށުގެ ލިސްޓުން އެރަށެއް އުނިކުރެވޭނެއެވެ. ބަލި ފެތުރުމުގެ ހާލަތު އުވާލުމުގައި ބަލާނީ ފާއިތުވި 1 ހަފުތާގެ މުއްދަތުގައި ހެދޭ ކޮވިޑް-19ގެ ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ 20 އިންސައްތަ އަށްވުރެ ދަށްވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
13%
0%
50%
13%
13%
ކޮމެންޓް