ކ. މާލެ
|
3 މެއި 2021 | ހޯމަ 08:03
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމުގެ ތެރެއިން
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމުގެ ތެރެއިން
ރާއްޖެ އެމްވީ
އައު ކައުންސިލަރުން ހުވާކުރުން
އައު ކައުންސިލަރުން ހުވާކުރުން މެއި 17ގައި
 
މިހާރު ވަނީ ކައުންސިލަރުން ހުވާކުރުމުގެ އުސޫލުތައް އެކުލަވާލައި ނިމިފައި
 
އުސޫލުތައް މިހާރު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި
 
ރަސްމިއްޔާތަށް ހާޒިރުވެ ހުވާކުރުމުގެ ކަންތައްތަ ކުރިއަށް ނުގެންދެވޭނަމަ ވަރޗުއަލްކޮށް ކުރިއަށް ގެންދަން ވަނީ ނިންމާފައި

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މެއި މަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފިއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވަނީ އެކައުންސިލަރުން ހުވާކުރުމުގެ އުސޫލުތައް އެކުލަވާލައި ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިއުސޫލުތައް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި ކޮވިޑް-19ގެ ހާލަތުގައި ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ގޮތާމެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާ ލިބިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއިއެކު އިތުރަށް މަޝްވަރާކުރަންޖެހޭ ކަންކަން އެބަހުރިކަމަށާއި، މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި މިއަހަރުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އެކި ގޮތްގޮތަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އަތޮޅު ކައުންސިލަރުން މީގެ ކުރިން ހުވާކުރަމުން އައި ގޮތަށް ފަނޑިޔާރުންގެ ކުރިމަތީގައި ހުވާކުރަން ނިންމާފައިވާ ކަމަށާއި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ކާފިއު އިއުލާނުކޮށްފައިވާ އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ހުވާކުރާނެ ގޮތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ރަސްމިއްޔާތަށް ހާޒިރުވެ، ހުވާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ނުވެއްޖެ ނަމަ ވަރޗުއަލްކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން ފަނޑިޔާރުން ހަމަޖެހި، އެކަން ރާވާލާއިރު އެއްވެސް ރަށެއްގެ ހުވާ އިރުއޮއްސޭއިރަށް ނުނިމިއްޖެ ނަމަ އެ އަތޮޅެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށާއި އެއްވެސް ރަށެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު މެންދުރުވާއިރަށް ނިންމާލެވި ދަތުރުކުރުގެ ފުރުސަތު ހުޅުވާލެވިފައިވާނަމަ ރަސްމިއްޔާތަށް ހާޒިރުވެ އަތޮޅު ކައުންސިލަރުން ހުވާކުރުމުގެ ފުރުސަތު ދޭނެކަމަށް ރަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ގަނޑުބަނޑުކުރަމުން - އެމްޑީޕީ
ކެނދިކުޅުދޫ ކައުންސިލުގެ ބަޔާނާ ގުޅިގެން އިންކުއަރީއެއް ހަދަން އެލްޖީއޭގެ ބޯޑަށް މައްސަލަ ނުގެންދިޔައީ ކަމުގެ މުއާލާތް ކެނޑިދާނެތީ: ޒުލްފާ
އެލްޖީއޭއިން ކައުންސިލުތަކަށް ހުރަސްއަޅާ ދަތިކުރަން ތާއީދެއްނުކުރަން: ރައީސް
ރައީސްގެ ނުފޫޒު އެލްޖީއޭ އަށް، މިއީ ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ ބޮޅެއް!
ކައުންސިލުގެ ބަޔާނަށް ދެއްވާނެ ރައްދެއް އޮތްތޯ ރައީސް އަރިހުގައި ދެންނެވިން، ރައީސް ވިދާޅުވީ އެފަދަ ކަމެއް ނުކުރައްވަމޭ: އެލްޖީއޭ
ސަރުކާރުގެ ސިޔާސަތުތަކާ އިދިކޮޅު ކަންކަން ތަންފީޒުކުރުމަށް ކައުންސިލުގެ މާލިއްޔަތުން ޚަރަދު ނުކުރެވޭނެކަމަށް ބަޔާންކުރާ ޤަވާއިދަށް އަމަލުކުރަން ފަށައިފި
ފެލިދޫ ކައުންސިލުގެ މައްސަލަ:އެލްޖީއޭގެ އެދުމަކީ ހައްގަކުން އެއްވެސް މީހަކު މަހްރޫމު ނުކުރުން
ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި