Advertisement
ކ. މާލެ
|
2 މެއި 2021 | އާދީއްތަ 13:38
މާލެ ފިހާރައަކުން ވައްކަން ކުރި ބަޔަކު ހައްޔަރުކުރުން
މާލެ ފިހާރައަކުން ވައްކަން ކުރި ބަޔަކު ހައްޔަރުކުރުން
ޕޮލިސް
ރަމަޟާންމަހު ފުލުހުންނަށް ހުށަހަޅާ މައްސަލަ
ފާއިތުވި ދެ އަހަރާ އަަޅައިބަލާއިރު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ހުށަހެޅި މައްސަލަތައް މަދު- ފުލުހުން
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކުދިކުދި ވައްކަމުގެ މައްސަލަ އިތުރުވަމުންދޭ

ފާއިތުވި ދެ އަހަރާ އަަޅައިބަލާއިރު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 2648 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1352 މައްސަލަކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް މަދުވެފައިވާ ކަމަށް ބުނެއެވެ. އެގޮތުން ފާއިތުވި ދެ އަހަރު 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 10 މައްސަލަ ހުށަހަޅާފައިވެއެވެ.

ވައްކަމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރު، މި މުއްދަތުގައި 646 މައްސަލަ ހުށަހަޅާފައިވާ ކަން ފުލުހުން ހާމަކުރެއެވެ. އަދި މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ވައްކަމުގެ 368 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

ފުލުހުން ބުނީ ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައް ވެސް މަދުވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މި މުއްދަތުގައި 129 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލަ ކަމަށް ބުނެއެވެ. މީގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު 273 މައްސަލައެއް ހުށަހަޅާފައިވާ ކަން ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު މަސްތުވާތަކެތީގެ 398 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 743 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު 415 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކުދިކުދި ވައްކަމުގެ މައްސަލަ އިތުރުވަމުންދާއިރު މިފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ކޮންމެ ފަރުދަކު ވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއެކު ފަރުދީ ޒިންމާ އަދާކުރުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް