Advertisement
ކ. މާލެ
|
2 މެއި 2021 | އާދީއްތަ 02:03
ޖިންސީ ފުރައްސާރައާ ދެކޮޅާށް ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން އަނިޔާކުރި ކަމަށް ބުނޭ
ޖިންސީ ފުރައްސާރައާ ދެކޮޅާށް ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން އަނިޔާކުރި ކަމަށް ބުނޭ
ސޯޝަލް މީޑިއާ
ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރި މުޒާހަރާ
މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައި ވޭތޯ ބަލާނަން: މިނިސްޓަރ އިމްރާން
ބާރު ބޭނުންކުރަންވާނީ ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން
އެއްވުމުގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެފައިވޭ
ހުށަހެޅޭ ޝަކުވާތައް އުސޫލުތަކުގެ ތެރެއިން ބަލާނެ

ހޮނިހިރު ދުވަހުގެ ރޭ ރަސްފަންނު ސަރަހައްދުގައި ރައިޒް އަޕް އެމްވީ މޫވްމަންޓުން އިންތިޒާމުކޮށްގެން ޖިންސީ ފުރައްސާރައާ ދެކޮޅަށް ބޭއްވި އެއްވުން ކޮންޓްރޯލްކުރުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވޭތޯ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރަސްފަންނުން ފެށި އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން އިރަށްވާ ގޮތަށް ކުރިއަށް ގޮސްފައެވެ. ފުލުހުން ވަނީ ވަކި ހިސާބަކުން އެއްވުން ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ. އެ މަސައްކަތުގެ ތެރެއިން އެއްވުމުގެ ބައެއް ބައިވެރިންނަށް އަނިޔާވެފައިވެއެވެ. ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ގާނޫނުގައި ބާރުގެ ބޭނުން ކުރުން ހުއްދަ ހާލަތުގައި ވެސް ބާރުގެ ބޭނުން ކުރަންވާނީ ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ. ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާގައި ފުލުހުން މިންގަނޑާ ޚިލާފަށް ބާރުގެ ބޭނުން ކޮށްފައިވޭތޯ ބައްލަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ އިމްރާން މިހެން ވިދާޅުވިއިރު އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާއި ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާ އުސޫލުތަކުގެ ތެރެއިން ބަލާނެ ކަމަށެވެ. އަދި އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރަށް މުޒަހާރާގައި ބާރު ބޭނުންކޮށްފައިވާ ގޮތް ޚާއްސަ އިސްކަމެއްދީގެން ޕްރޮފެޝަނަލް ސްޓެންޑަރޑް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށްވެސް ބުނެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުން ފުލުފުހުން ހުއްޓުވީ ކޮވިޑް-19ގެ ހާލަތުގައި ފަސް މީހުންނަށް ވުރެ ގިނައިން މާލެ ސަރަހައްދުގައި އެއްވެ އުޅުމަކީ އެޗްޕީއޭ އިން މަނާކޮށްފައިވާ ކަމެއް ކަމަށް ބުނެ ނަސޭހަތް ދިނުމަށްފަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
3 މެއި 2021 | ހޯމަ 03:43
ޝިފާޒް
ތި ފޮޓޯ ގައިން އަންހެން ގޮލާ އުޅެނީ މަށޭ ކިޔައން ދޮގު ހަދައިން