ކ. މާލެ
|
1 މެއި 2021 | ހޮނިހިރު 18:00
އައްޑޫ ސިޓީ ހުޅުމީދޫ،
އައްޑޫ ސިޓީ ހުޅުމީދޫ،
ދަ އެޑިޝަން
އައްޑޫ މޮނިޓަރިންއަށް ލުން
އައްޑޫ ސިޓީ މޮނިޓަރިންއަށް ލައިފި
 
ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި
 
މޮނިޓަރިންއަށް ގެނެސްފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން
 
ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެންގުމަށް އެދިފައިވޭ

އައްޑޫ ސިޓީގެ އަވަކަށުން ކޮވިޑް-19ގެ ކޭހެއް ފެނުމާއި ގުޅިގެން އެސިޓީ މޮނިޓަރިންއަށް ލައިފިއެވެ.

ހޮނިހިރު ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން އައްޑޫ ސިޓީ މޮނިޓަރިންއަށް ގެނެސްފައިވަނީ ފްލޫ ކްލިނިކަކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މި ދަނޑިވަޅުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެހައި ފިޔަވަޅުތައް އަޅައި ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް އެދޭ ކަމަށެވެ.

މާސްކު އެޅުމަށާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލޫކްލިނިކަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. ޚާއްސަ ފިޔަވަޅުތަކެއް ވެސް ދަނީ އަޅަމުންނެވެ. މުޅި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އިރު މިދިޔަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެންދިޔައެވެ. އެފަހަރުގެ މޮނިޓަރިން ހާލަތު އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް