ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 19:45
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު
ރައީސް އޮފީސް
ފަސްޓް ލޭޑީ ކޮވިޑަށް ޕޮޒިޓިވްވުން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮވިޑުން ފަސޭހަވެއްޖެ
 
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ދެކަނބަލުންގެ ދެބޭފުޅުންގެ ނަތީޖާ ވަނީ ނެގެޓިވްވެފައި
 
ބަލިން ފަސޭހަވިކަން ހާމަކުރައްވައި، ހެޔޮ ދުޢާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި
 
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮވިޑް-19ބަލިން ފަސޭހަވެފައިވާކަން ހާމަކުރެއްވީ އެކަމަނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޮވިޑުން ފަސޭހަވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮވިޑް-19 ބަލިން ފަސޭހަވެފައިވާކަން ހާމަކުރެއްވީ އެކަމަނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެކަމަނާ ވަނީ ބަލިން ފަސޭހަވިކަން ހާމަކުރައްވައި، ހެޔޮ ދުޢާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެކަމަނާ ޕޮޒިޓިވްވިޔަސް، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ ދެކަނބަލުންގެ ބޭފުޅުން ހެއްދެވި ޓެސްޓުތަކުގެ ނަތީޖާވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އޭޕްރީލް މަހުގެ 26 ވަނަ ދުވަހަކީ މިހާތަނަށް އައިރު ރާއްޖޭގައި އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ރިކޯޑްކުރެވުނު ދުވަހެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު އިރުއޮއްސި ހަޔަކާއި ހޯމަ ދުވަހު އިރުއޮއްސި ހަޔަކާ ދެމެދު ނެގި 3252 ސާމްޕަލްގެ ތެރެއިން 328 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 167 ކޭސް ރިޕޯޓުކޮށްފައިވާއިރު 127 ކޭހަކީ އަތޮޅުތެރެއިން ރިޕޯޓްކޮށްފައިވާ ކޭސްތަކެކެވެ. ރިސޯޓުތަކުން 10 ކޭސް ރިޕޯޓުކޮށްފައިވާއިރު، އިންޑަސްޓްރިއަލް ރަށްރަށުން 24 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 28،202ށް އަރާފައިވާއިރު، 126 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓް ކޮށްގެންނެވެ. އަދި 24،421 މީހުން ބަލިން ފަސޭހަވެފައިވާއިރު އެކްޓިވް ކޭހުގެ އަދަދު ވަނީ 3701ށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ.

ފާއިތުވި ހަފުތާ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވާން ފަށާފައި މިވަނީ ޖެނުއަރީ މަހުން ފެށިގެން އަދަދުތައް ހިފެހެއްޓި 100ން ދަށުގައި އުޅޭތާ ދެތިން ހަފުތާ ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
75%
0%
25%
0%
0%
ކޮމެންޓް