ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 15:33
މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބޭއްވި ބައްދަލުވުން
މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބޭއްވި ބައްދަލުވުން
ޕޮލިސް
ޕާކްކުރުމުގެ މައްސަލަ
ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރާ މިންވަރު އިތުރު - ފުލުހުން
 
ރަމަޟާން މަހު މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކުކުރުން އިތުރުކަމަށް ވަނީ ފާހަގަކޮށްފައި
 
ޓެކްސީ ޑްރައިވަރުންނާ ގުޅޭގޮތުން އާއްމުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ ޝަކުވާތައް ވަނީ ހިއްސާކޮށްފައި
 
މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ވަނީ ބައްދަލުކޮށްފައި

ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރާ މިންވަރު އިތުރުކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބޭއްވި ބައްދަލުވުމެއްގައެވެ. އެޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ޓެކްސީގެ ހިދުމަތާ ގުޅޭގޮތުން އާއްމުންގެ ބައެއް ޝަކުވާތައް އަންނަމުންދާތީ އެކަންކަން ހައްލުކުރުމަށް ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެކެވެ. އެގޮތުން، މި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންނާ ގުޅޭގޮތުން އާއްމުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ ޝަކުވާތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އޭގެ އިތުރުން، ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރުމާއި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކުކުރަމުންދާތީ އެ ކަންކަން އެގޮތަށް ނުކުރުމަށް ޓެކްސީ ސެންޓަރުތަކުގެ ކިބައިން އެދިފައިވެއެވެ.

މި ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމާއި، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް ޢަބްދުﷲއާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްޙަތު އަހުމަދުގެ އިތުރުން ޓެކްސީ ސެންޓަރުތަކުގެ ވެރިން ބައިވެރިވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް
27 އޭޕްރިލް 2021 | އަންގާރަ 16:24
ހިޖާމާ
ޓެކްސީއޭ؟ ބަލަ މަގުމަތީ ކާރު މަރާމާތު ކުރާ މީހުން ނުފެނޭތަ؟
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން