ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 18:47
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސަ
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސަ
ރާއްޖެއެމްވީ
މެމްބަރު ޝިޔާމަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ނައިފަރުގެ ނަރުދަމާ އަޅަން ހަވާލުކުރީ ޝިޔާމަށް ބައިއެޅޭ ކުންފުންޏަކަށްކަމުގެ ތުހުމަތު!
 
ޝިޔާމް ވިދާޅުވީ ކަންތައްތައްވީ ގޮތް ނައިފަރު ދާއިރާގެ ރައްޔިތުންނަށް އެނގޭނެކަމަށް
 
އީސަ ވިދާޅުވީ އެސަރުކާރުގައި ފެށި އެއްވެސް މަޝްރޫޢެއް ހަތަރު ފަހަރަށް ނުހުއްޓި ތިން ކުންފުންޏަށް ފައިސާ ނުދައްކާ ކުރިޔަށް ގޮސްފައި ނެތްކަމަށް
 
އީސަ ވިދާޅުވީ ނައިފަރުގެ ނަރުދަމާ އެޅުމަށް ހަވާލުކުރީ އެކަމުގެ ތަޖުރިބާ ނެތް ބަޔަކަށް ޝިޔާމަށް ބައި އެޅޭ ގޮތަށްކަމަށް

ނައިފަރުގެ ނަރުދަމާ އެޅުމާއި ހައުސިންގ ޔުނިޓްތައް އެޅުމުގައި ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމަށް ބައިއެޅޭ ގޮތަށް ކަންކޮށްފައިވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މިސަރުކާރުގައި ކޮރަޕްޝަންގެ ކަންތައްތައް ހިމެނޭކަމަށް ވިދާޅުވެ ޝިޔާމް ވަނީ ވާހަކަދައްކަވާފައެވެ. އެވާހަކަތަކަށް ރައްދުދެއްވަމުން އީސަ ވިދާޅުވީ ކުރީ ސަރުކާރުން ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން އައިއިރު އެކަންކަން އޭރުގައި މަޖިލީހުގައި އިންނަވާ ޝިޔާމް ބައްލަވަން މަސައްކަތް ކުރައްވާފައިނުވާ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ކުރަމުންދާ މިފަދަ ކަންކަމަށް އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮވެ ފާރަލަމުންދާކަމަށް އީސަ ވިދާޅުވިއެވެ. ކުންފުނިތަކުގައި ހިނގާ އެދެވޭ ނޭދެވޭ ކަންތައްތަކަށް ފާރަވެރިވެ ބަލާ މަޖިލީހުން އުފުލަން ޖެހޭ ޒިންމާތައް އުފުލަމުންދާކަމަށް އީސަ ވިދާޅުވިއެވެ.

އެކަމުގެ ހެއްކަކީ އޮކްސިޖަން ސިލިންޑަރު މައްސަލަ އެސްއޯއީ ކޮމިޓީން ބަލާ ދިރާސާކޮށް އެރިޕޯޓް ތަޅުމާ ހަމައަށް ގެނެސްފައިވުންކަމަށް އީސަ ވިދާޅުވިއެވެ. ސާބިތު ނުހިފޭ ވާހަކައެއް މަޖިލީހުގެ ތަޅުމުގައި ނުދައްކަވާނެކަމަށް ވިދާޅުވެ އީސަ ވިދާޅުވީ ނައިފަރުގެ ނަރުދަމާ އެޅުމަށް ހަވާލުކުރީ އެކަމުގެ ތަޖުރިބާ ނެތް ބަޔަކަށް ޝިޔާމަށް ބައި އެޅޭ ގޮތަށްކަމަށެވެ.

ނައިފަރުގެ ނަރުދަމާ އަޅަން ހަވާލުކުރީ ދުވަހަކު އެކަމުގެ ތަޖުރިބާ ނެތް ފަރާތަކާ ޝިޔާމަށް ބައިއެޅޭ ކުންފުންޏަކާ. އަމިއްލަފުޅަށް ވިދާޅުވީ. އަމިއްލަފުޅަށް ވިދާޅުވީ ނަރުދަމާވެސް އަޅަން ފެށީ ހައުސިންގ ޔުނިޓްތައްވެސް އަޅަން ފެށީ އެގޮތަށް
އަހުމަދު އީސަ/ ކެނދިކުޅުދޫ ދާއިރާގެ މެމްބަރ

އީސަ މިމޭރުމުން ވާހަކަދެއްކެވުމުން ޝިޔާމް ވަނީ ނިޒާމީ މައްސަލަ ނަންގަވާ ކަންކަންވީ ގޮތް ނައިފަރު ދާއިރާގެ ރައްޔިތުންނަށް އިނގޭނެކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު ވާހަކަދައްކަވަމުން އީސަ ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެށި އެއްވެސް މަޝްރޫޢެއް ހަތަރު ފަހަރަށް ނުހުއްޓި ތިން ކުންފުންޏަށް ފައިސާ ނުދައްކާ ކުރިޔަށް ގޮސްފައި ނެތްކަމަށެވެ.

އަޅުގަނޑު ދާއިރާގެ ހެނބަދޫގައި ހުރި އިންޖީނުގެ ހަތަރު ބައި މީހުންނަށް ހިންގަން ހަވާލުކުރި އިންޖީނުގޭގެ އަސްލު އަގަކީ 4 މިލިއަން. 12 މިލިއަނަށް އިންޖީނުގެ އަޅާ ނިމުނީ 4 ކުންފުންޏަށް ބައިއަޅައިގެން އަގަށް ވާ ފައިސާ ދީފައި ހުރީ. ނައިފަރުގައި އެޅި ހައުސިންގ ޔުނިޓްތަކުގައި ކޮރަޕްޝަންގައި ޝިޔާމް ބައިވެރިވެވަޑައިގަންފައިވޭ އެންމެފަހުން މިސަރުކާރަށް ޖެހުނީ ހައުސިންގ ޔުނިޓްތައް އަޅަން.
އަހުމަދު އީސަ/ ކެނދިކުޅުދޫ ދާއިރާގެ މެމްބަރ

އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް އަތޮޅުތެރޭގެ 6 ރަށެއްގައި ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މި 6 މަޝްރޫޢުގެތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފެށި އެއް ރަށަކީ ޅ.ނައިފަރެވެ. ނައިފަރުގައި 100ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ކުރީކޮޅުއެވެ. އެމަސައްކަތް ކުރިޔަށް އޮތް ތިން މަސް ތެރޭގައި ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނައިފަރުގެ ނަރުދަމާ އެޅުމަށް ބަޔަކާ ހަވާލުކުރީ 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެމަސައްކަތްކުރިޔަށް ނުދާތީ މިސަރުކާރުން ވަނީ ނައިފަރުގެ ނަރުދަމާގެ ނުނިމި ހުރި މަސައްކަތްކުރުމަށް އެމްޑަބްލިޔުއެސްއީ އާ ހަވާލުކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
33%
0%
0%
0%
67%
0%
ކޮމެންޓް
28 އޭޕްރިލް 2021 | ބުދަ 19:14
މާސްޓަރ
ޝިޔާމަކީ ބޮޑު ވަގެއް. އެސްޓީއޯގެ ތެލާއި، އެމް.އެމް.ޕީއާރުސީގެ ހިއްސާއިން އުމުރުދުވަހު މަސައްކަތެއް ނުކޮށް އުޅެވޭ ވަރަށް ކާލައިގެން ނިކުމެ، ރައްޔިތުންގެ ހައްޤުގަ ވަކާލުތުކުރަން އުމުރު ހިސްކޮށްގެން ހުރި މީހެއް.