ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 16:37
މައްސަލައާ ގުޅިގެން ހޯދަމުން ދަނީ އއ.މަތިވެރި / ހަނދުވަރީގެ، އުމުރުން 29 އަހަރުގެ އަބްދުﷲ ޖަމީލް
މައްސަލައާ ގުޅިގެން ހޯދަމުން ދަނީ އއ.މަތިވެރި / ހަނދުވަރީގެ، އުމުރުން 29 އަހަރުގެ އަބްދުﷲ ޖަމީލް
ޕޮލިސް
ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދުން
ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
 
އޭޕްރީލް 29 ވަނަ ދުވަހުގެ 12:45 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވޭ
 
އަބްދުﷲ ޖަމީލް ހޯދަމުންދަނީ ހުޅުމާލެ ދައުލަތުން ދައުވާކުރާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ މީހަކު ހޯދުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ އއ.މަތިވެރި / ހަނދުވަރީގެ، އުމުރުން 29 އަހަރުގެ އަބްދުﷲ ޖަމީލް ކަމަށެވެ.

އަބްދުﷲ ޖަމީލް ހޯދަމުންދަނީ މަކަރާއި ހީލަތްހެދުމުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އޭޕްރީލް 29 ވަނަ ދުވަހުގެ 12:45 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިފަހުން އެކި މައްސަލަތަކުގައި މީހުން ހޯދުމަށް އިއުލާނު ކުރަމުންދާއިރު ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން މީހުން ހޯދުމަށްވެސް ފުލުހުން ދަނީ އިއުލާނު ކުރަމުންނެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުން، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދުނުކުރެވުނުނަމަ، ކުށުގެ ތުހުމަތުކުރެވޭ މީހާގެ ފޮޓޯއާއެކު އޭނާ ހޯދުމަށް އާންމުކޮށް އިއުލާނުކުރާނެ ކަމުގައާއި އޭނާގެ އާއިލާގެ މެންބަރަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް އެންގުމަށްފަހު، އެ މީހަކު ހާޒިރުވުމަށް އަންގައި އާންމުކޮށް އިއުލާނުކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން