ކ. މާލެ
|
23 އޭޕްރިލް 2021 | ހުކުރު 21:43
ފައިޒަރ ވެކްސިން- ފައިޒަރ ވެކްސިނަކީ އީޔޫގެ ޤައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ ވެކްސިން
ފައިޒަރ ވެކްސިން- ފައިޒަރ ވެކްސިނަކީ އީޔޫގެ ޤައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ ވެކްސިން
ރޮއިޓަރސް
ީއީޔޫއާއި ފައިޒަރއިން އެއްބަސްވުމެއްގައި ސޮއިކުރުނ
ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ޑީލްގައި އީޔޫއާއި ފައިޒަރއިން ސޮއިކުރަނީ
 
ފައިޒަރ ވެކްސިނަކީ އީޔޫގެ ޤައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ ވެކްސިން
 
މިއަހަރުވެސް މި ވެކްސިންގެ 600 މިލިއަން ޑޯޒު ހޯދުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި
 
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއިކުރާނެ

ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ޑީލްގައި ސޮއިކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ފައިޒަރ ކުންފުނިން ތައްޔާރުވެއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޔޫރަޕިއަން ޔޫނިއަންއިން ގެންދަނީ ފައިޒަރ ކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ 1.8 ބިލިއަން ޑޯޒް ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގެ އާބާދީގެ 450 މިލިއަން މީހުންނަށް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފޯރުކޮށްދެވޭ ވަރަށް ވެކްސިން ޑޯޒުތައް ލިބިގެންދާނެއެވެ. ނަމަވެސް މިއީ ފަޤީރު ޤައުމުތަކަށް ވެކްސިންލިބުމުގައި އިތުރު ހުރަހަކަށް ވެގެންދާނެކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

އީޔޫއިން މީގެ ކުރިންވެސް ވަނީ ފައިޒަރ ކުންފުންޏާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެގޮތުން މިއަހަރުވެސް މި ވެކްސިންގެ 600 މިލިއަން ޑޯޒު ހޯދުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އީޔޫގެ އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފައިޒަރއާއެކު މިހާރު އެކުލަވާލަމުންދާ އެއްބަސްވުން މިހާރު މުޅިން ވަނީ ފައިނަލް ކުރެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ފަހު މަރުޙަލާގެ މަޝްވަރާތައްކަމަށް އޭނާ ބުނެފައިވެއެވެ. އަދި ފައިޒަރ ކުންފުނިންވެސް ވަނީ އެ ކުންފުނިން އުފައްދާ ވެކްސިންގެ އުފެެއްދުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައެވެ.

ފައިޒަރ ވެކްސިނަކީ އީޔޫގެ ޤައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ ވެކްސިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
100%
0%
0%
ކޮމެންޓް
24 އޭޕްރިލް 2021 | ހޮނިހިރު 02:25
އަހުމަދު.ޖ
މިވައްތަރުގެ ޚަބަރު .. ނުޖެހިއްޔާ ، މާ ރަނގަޅޭ ބުނެވޭނީ... ޚަބަރު ކިޔާ ނިމޭއިރު ވެސް. ވެކްސިން ގެއަގުނޭގޭ