Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 11:14
ޖެނީވާގައި ހުންނަވައި، ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަޑެފުލް ނޫސްވެރިންނާާ ވާހަކަ ދައްކަނީ
ޖެނީވާގައި ހުންނަވައި، ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަޑެފުލް ނޫސްވެރިންނާާ ވާހަކަ ދައްކަނީ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލާ ދެކޮޅަށް، އީޔޫ އިން ފިޔަވަޅު އެޅުމަށް ތާއީދު ކުރަން ޖަރުމަނުން ތައްޔާރު
ވަޑެފުލް ވިދާޅުވީ މިހާރު ޖަރުމަނުން އިންތިޒާރު ކުރަމުން ދަނީ މަޝްވަރާ ތަކަށް ކަމަށެވެ. ހަމަ އެހެންމެ، ޔޫރަޕިއަން ޔޫނިއަންގެ އޮނިގަނޑުގެ ތެރެއިން އެޅިދާނެ އެކަށީގެންވާ ފިޔަވަޅުތަކާ މެދު މިހާރު ވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވެސް ވަޑެފުލް ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތާއީދު ކުރަން ޖަރުމަނުން އޮތީ ތައްޔާރަށް ކަމަށް އެ ޤައުމުން ހާމަކޮށްފި އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޖަރުމަނުގެ ފޮރިންގ މިނިސްޓަރު ޔޯހާން ވަޑެފުލް ވިދާޅުވެފައި ވަނީ، އިސްރާއީލްއާ ދެކޮޅަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔަން ހުށަހަޅުއްވާފައިވާ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް ޖަރުމަނު އޮތީ ތައްޔާރަށް ކަމަށެވެ.

ނެދަލެންޑްސްގެ ފޮރިން މިނިސްޓަރާ އެކު ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޑެފުލް ވިދާޅުވީ، ކޮމިޝަންގެ ރައީސާ ހުށަހަޅުއްވާފައިވާ ފިޔަވަޅު ތަކުގެ ތަފްސީލުތަކާ މެދު މެމްބަރު ޤައުމުތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް، ކޮމިޝަންގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ވަޑެފުލް ވިދާޅުވީ މިހާރު ޖަރުމަނުން އިންތިޒާރު ކުރަމުން ދަނީ މަޝްވަރާ ތަކަށް ކަމަށެވެ. ހަމަ އެހެންމެ، ޔޫރަޕިއަން ޔޫނިއަންގެ އޮނިގަނޑުގެ ތެރެއިން އެޅިދާނެ އެކަށީގެންވާ ފިޔަވަޅުތަކާ މެދު މިހާރު ވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވެސް ވަޑެފުލް ވަނީ ވިދާޅުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުގައި އިތުރަށް ވާހަކަ ދައްކަވަމުން ވަޑެފުލް ފާހަގަ ކުރެއްވި ގޮތުގައި، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ހުށަހެޅޭ ފިޔަވަޅު ތަކުގައި ޖަރުމަނުން އޮތީ އެކަމަށް އެއްބާރުލުން ދިނުމަށް ތައްޔާރަށެވެ. އެހެންކަމުން މިއީ، އިސްރާއީލްއާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ޖަރުމަނުން ފާޅު ކޮށްފައިވާ އެންމެ ސާފު ބަޔާން ތަކުގެ ތެރެއިން އެއް ބަޔާނެވެ.

މިދިޔަ މަހުގެ ފަހު ކޮޅު، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް ވިދާޅުވެފައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެފައިވާ ކަމަށެވެ.

އެއީ ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމު ތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނެތުމުގެ ސަބަބުން އޭނާ ވިދާޅުވެފައިވާ ވިދާޅުވުމެކެވެ.

އިސްރާއީލް އިން ޣައްޒާގައި ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމު ތަކުގެ މެދުގައި ދެބަސްވުން އުފެދިފައިވުމުގެ ސަބަބުން، ޣައްޒާގެ އިންސާނީ ޙާލަތު ގޯސްވަމުންދާއިރު ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް 27 މެމްބަރުންގެ ޔޫރަޕިއަން ޔޫނިއަން އަށް ވަނީ ދަތިވެފަ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް