ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 22:38
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނާއިބު ޢަލީ މާޖިދު
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނާއިބު ޢަލީ މާޖިދު
ރައީސް އޮފީސް
ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކުރެއްވުން
ފިޝަރީޒް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކުރައްވައިފި
 
އަލީ މާޖިދު ވަނީ ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައި
 
މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން މާޖިދަކީ އިންޓީރިއަރ ޑިޒައިނިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތް ކުރެއްވި ބޭފުޅެއް
 
ޝަރީޒް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކަށް ހެންނެވީ ހަމައެކަނި އަލަށް އައްޔަނު ކުރެއްވި ޢަލީ މާޖިދު އެކަނި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނާއިބުގެ މަޤާމަށް މ.ހިޔަމަ އަލީ މާޖިދު ޢައްޔަން ކުރައްވައިފިއެވެ.

ޢަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަލީ މާޖިދު މި މަގާމަށް ޢައްޔަން ކުރެއްވުމާހަމައަށް، އަމިއްލަގޮތުން ކުރައްވަމުން ގެންދެވި މަސައްކަތަކީ އިންޓީރިއަރ ޑިޒައިނިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަކެވެ. މީގެ ކުރިން އަލީ މާޖިދު ވަނީ ނޮދަރން ޔޫޓިލިޓީސްގެ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިން ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަގާމު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް އަމިއްލަގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަގާމުތައް ވަނީ ފުރުއްވާފައެވެ.

އަލީ މާޖިދަކީ މަންދު ކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޢަލީ މާޖިދު ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއަރ އޮޕްރޭޝަންސް ކޯސްވެސް ފުރިހަމަކުރައްވާފައެވެ.

މި ސަރުކާރުގައި ގިނަ މިނިސްޓްރީތަކެއް ހުރި އިރު، ފިޝަރީޒް މިނިސްޓްރީ ފިޔަވާ އެހެން ހުރިހާ މިނިސްޓްރީއެއްގައިވެސް ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ތިއްބަވައެވެ. ފިޝަރީޒް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކަށް ހެންނެވީ އަލަށް އައްޔަން ކުރެއްވި ޢަލީ މާޖިދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
67%
17%
0%
0%
0%
17%
ކޮމެންޓް
ގުޅުންހުރި