ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 20:03
ޕާކިސްތާނުގެ ހޮޓަލަކަށް ބޮމުގެ ހަމަލާ ދިނުން - މި ހަމަލާގައި ހަތަރު މީހުން ވަނީ މަރުވެފައި
ޕާކިސްތާނުގެ ހޮޓަލަކަށް ބޮމުގެ ހަމަލާ ދިނުން - މި ހަމަލާގައި ހަތަރު މީހުން ވަނީ މަރުވެފައި
ރޮއިޓަރސް
ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާ
ޕާކިސްތާނުގެ ހޮޓަލަކަށް ބޮމުގެ ހަމަލާއެއް ދީފި
މި ހަމަލާގައި ހަތަރު މީހުން މަރުވެ 12 މީހަކަށް އަނިޔާވެފައިވޭ

ޕާކިސްތާނުގެ ކުއެޓާގައި ހުންނަ ލަގްޒަރީ ހޮޓަލަކަށް ބޮމުގެ ހަމަލާއެއްދީފިއެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޝައިޚުު ރަޝިީދު އަހުމަދު ވިދާޅުވިގޮތުގައި ކުއެޓާ ސިޓީގައި ހުންނަ ސެރީނާ ހޮޓަލަށް ހަމަލާ ދިނީ ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް ގޮއްވާލައިގެންނެވެ. މި ހަމަލާގައި ހަތަރު މީހުން މަރުވެ 12 މީހަކަށް އަނިޔާވެފައިވާ ކަމަށް ރާޝިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ޗައިނާގެ ސަފީރު ޒިޔާރަތް ކުރެއްވި ހޮޓެލެއް ކަމަށާއި ނަމަވެސް ހަމަލާދިން ވަގުތު ސަފީރު ހުންނެވީ ހޮޓަލުގައި ނޫން ކަމަށެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން ދެ މީހުންނަކީ ހޮޓަލުގެ ސެކިއުރިޓީ ގާޑުންނެވެ. ހަމަލާދިން ވަގުތު ހޮޓަލުގައި ތިބި ގެސްޓުންގެ ހާލު ރަނގަޅު ކަމަށެވެ.

ޕާކިސްތާނުގެ ތާލިބާން ޖަމާއަތް (ޓީޓީޕީ) އިން ވަނީ ހަމަލާގެ ޒިންމާ ނަގައިފައެވެ. އެއީ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށާއި އެއާ ބެހޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

ކުއެޓާ އަކީ ބަލޫޗިސްތާން ޕްރޮވިންސުގެ ވެރިރަށެވެ. އެއީ އީރާނާއި އިންވެގެންވާ ޕްރޮވިންސެކެވެ.

- ކޮމެންޓް