ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 13:30
ކޯޓުން ސަރުކާރަށް އަމުރު ކުރީ ފެކްޓަރީތަކުން އިންޑިއާގެ ހުރިހާ ހޮސްޕިޓަލަކަށް ފަސޭހަކަމާއެެކު އޮކްސިޖަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް
ކޯޓުން ސަރުކާރަށް އަމުރު ކުރީ ފެކްޓަރީތަކުން އިންޑިއާގެ ހުރިހާ ހޮސްޕިޓަލަކަށް ފަސޭހަކަމާއެެކު އޮކްސިޖަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް
ބީބީސީ
އިންޑިއާގެ ކޯޓުތަަކުގެ ފާޑުކިޔުން މޯދީއަށް
އޮކްސިޖަން ލިބުމުގެ ދަތިކަމާއެކު ކޯޓުތަކުގެ ފާޑުކިޔުން މޯދީގެ ސަރުކާރަށް
 
ކޯޓުން ސަރުކާރަށް އަމުރު ކުރީ ފެކްޓަރީތަކުން އިންޑިއާގެ ހުރިހާ ހޮސްޕިޓަލަކަށް ފަސޭހަކަމާއެެކު އޮކްސިޖަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް
 
އިންޑިއާގެ ކޮވިޑް ކޭސްތައް މިހާރުވަނީ 16 މިލިއަނަށް އަރާފައި
 
ބުދަ ދުވަހު އިންޑިއާގައި ވަނީ ކޮވިޑް ޖެހިގެން 2،023 މީހުން މަރުވެފައި

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ނުލިބުމުން، މުޅި އިންޑިއާއަށް ވަނީ ކާރިސާއެއް ކުރިމަތިވެފައެވެ. މިކަމާގުޅިގެން ހޮސްޕިޓަލްތަކުން ކުރާ ޝަކުވާތަކުގެ ސަބަބުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހައި ކޯޓުން ވަނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް ފާޑުކިޔާފައެވެ.

ބުދަ ދުވަހު ދިއްލީގެ ހައި ކޯޓުން ވަނީ އަމިއްލަ ފަރާތްތަކުން ހިންގާ ހަ ހޮސްޕިޓަލަކުން ހުށަހެޅި މައްސަލައެއް ބަލާފައެވެ. އެ މައްސަލަ ބެލުމަށްފަހު ކޯޓުން ސަރުކާރަށް އަމުރު ކުރީ ފެކްޓަރީތަކުން އިންޑިއާގެ ހުރިހާ ހޮސްޕިޓަލަކަށް ފަސޭހަކަމާއެެކު އޮކްސިޖަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އޮތް ދިއްލީގައި ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ފަރުވާ ދޭނެ އޮކްސިޖަން ވެސް ނުލިބެއެވެ. އެހެންވެ ގިނަ ބަޔަކު މަރުވަނީ ފަރުވާއަށް އާދޭސް ކުރަނިކޮށެވެ. އޭގެ އިތުރުން ރައްޔިތުންނަށް އޮކްސިޖަން ސަޕްލައިކޮށްދެވޭކަން ޔަގީން ކުރުމަކީ މައި ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ހުރިހާ ބޮޑެތި ސިޓީއެއްގެ ހޮސްޕިޓަލްތައް ފުރިފައި ވާއިރު، ފަރުވާ ބޭނުންވާ އާއްމުން ދަނީ ހޮސްޕިޓަލްތަކުގެ ބޭރަށް ޖަމާވަމުންނެވެ. އިންޑިއާއިން ބުދަ ދުވަހު އެކަނިވެސް ދެލައްކަ ނުވަދިހަ ފަސްހާހަށްވުރެ ގިނަ ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވެއެވެ. އިންޑިއާގެ ކޮވިޑް ކޭސްތައް މިހާރުވަނީ 16 މިލިއަނަށް އަރާފައެވެ.

ބުދަ ދުވަހު އިންޑިއާގައި ވަނީ ކޮވިޑް ޖެހިގެން 2،023 މީހުން މަރުވެފަ އެވެ. މަރުވި މީހުންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން ނިސްބަތްވަނީ ދިއްލީއަށްކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް