ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 12:08
ޖިންސީ ގޯނާގެ ތުހުމަތުގައި ހޯދަމުންދާ އެމްޑީ އިދްރީސް
ޖިންސީ ގޯނާގެ ތުހުމަތުގައި ހޯދަމުންދާ އެމްޑީ އިދްރީސް
ޕޮލިސް
ކުޑަކުއްޖަކަށް ޖިންސީގޯނާކުރުން
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ބިދޭސީއެއް ހޯދަނީ
 
ފުލުހުން ހޯދަމުންގެންދަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އެމްޑީ އިދްރީސް ނަމަކަށް ކިޔާ މީހެއް

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދުމަށް އިއުލާނުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އެމްޑީ އިދްރީސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހޯދުމަށް އިއުލާނުކޮށްފައިވަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގުގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

މިކަމާގުޅިގެން ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ، އެމީހާއަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ. އަދި އެހެން ކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށް އިއުލާނުގައި ވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އެމްޑީ އިދްރީސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހެނީ 29 އޭޕްރީލް ވަނަދުވަހުގެ 10:00 އަށެވެ. އެގޮތުން ސ. ހިތަދޫ ޕޮލިސްޓޭޝަން ނުވަތަ އެންމެ ކައިރީގައި ހުރި ފުލުހުންގެ އިދާރާއަކަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް އަންގާފައިވެއެވެ.

އުމުރުން 3 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅި، އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ވެސް ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން