ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 11:26
ޕޮލިސް ހެޑްކުއަރޓަރ
ޕޮލިސް ހެޑްކުއަރޓަރ
3 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރުން
އުމުރުން 3 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ
 
މި މައްސަލަ ހުށަހެޅުމާ ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކާފައިވޭ
 
ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދައްކާފައިވޭ
 
މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެ ކަމުގެ ޔަގީންކަން އާންމު ރައްޔިތުންނަށް ފުލުހުން އަރުވާފައިވޭ

އުމުރުން އެންމެ 3 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ހުށަހެޅުމާ ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކާފައި ވާކަމަށެވެ. އޭގެ އިތުރުން ނަފްސާނީ ގޮތުން ވެސް ކުއްޖާއަށް އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދައްކާފައި ވާކަމަށެވެ. އެއާއެކު ސައިކޮލޮޖިކަލް ރިޕޯޓާއި މައްސަލައާ ގުޅިގެން ހަދަންޖެހޭ އެހެނިހެން ރިޕޯޓްތައް ހެދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންބުނީ މި މަސައްލައިގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއާ ގުޅިގެން ކުރަމުން ގެންދާކަމަށެވެ.  

މި މައްސަލައަކީ ސީރިއަސް މައްސަލައަކަށް ވާތީ، ތަހުގީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެ ކަމުގެ ޔަގީންކަން އާންމު ރައްޔިތުންނަށް ފުލުހުން އަރުވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން