ކ. މާލެ
|
21 އޭޕްރިލް 2021 | ބުދަ 07:54
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް - ކޮވިޑަށް ޕޮޒިޓިވްވީ ހޯމަ ދުވަހު
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް - ކޮވިޑަށް ޕޮޒިޓިވްވީ ހޯމަ ދުވަހު
އިންޑިއާ ޓައިމްސް
މަންމޯހަން ސިންގް ކޮވިޑަށް ޕޮޒިޓިވްވުން
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހޯމް ކަރަންޓީނަށް ދޫކޮށްލެވޭނެ
 
އުމުރުން 88 އަހަރުވީ ސިންގް ކޮވިޑަށް ޕޮޒިޓިވްވީ ހޯމަ ދުވަހު

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންގް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ޑރ ސިންގް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވަނީ ވެރިރަށް ދިއްލީގައި ހުންނަ އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ގައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ހޯމަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 88 އަހަރުގެ މަންމޯހަން ސިންގް ފަރުވާ ހޯއްދަވަން ވަޑައިގަތީ ކޮވިޑްގެ އަލާމަތްތައް ފެނުމާއެކުގައެވެ. އޭގެ އެއްދުވަސްކުރިން ކޮންގްރެސް ޕާޓީގެ އެއްވުމެއްގައި ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ކޮވިޑުގެ ހާލަތުން އިންޑިޔާ ސަލާމަތްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ލިޔުމެއްވެސް ވަނީ ހުށޑައަޅުއްވައިފައެވެ.

ހޮސްޕިޓަލުގެ އޮފިޝަލުންނާއި ކޮންގްރެސް ޕާޓީގެ އޮފިޝަލުން ވިދާޅުވާގޮތުގައި ޑރ ސިންގްގެ ހާލުކޮޅު ރަނގަޅެވެ. ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހޯމް ކަރަންޓީނަށް ދޫކޮށްލެވޭނެއެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ އުމުރާއި ގުޅިގެން ބަލީގެ ނުރައްކާ ބޮޑުވެދާނެތީ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މަންމޯހަން ސިންގް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އިންޑިއާގެ އިސްވެރިންނާއި ބައެއް ގައުމުތަކުގެ އިސްވެރިން ވަނީ އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖު ފޮނުއްވައިފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވެސް ހިމެނިވަޑައިގަންނަވައެވެ.  

ޑރ މަންމޯހަން ސިންގަކީ އިންޑިޔާގެ ތޭރަވަނަ ބޮޑުވަޒީރެވެ. އޭނާ ބޮޑުވަޒީރުކަން ކުރެއްވީ 2004ން 2014 އަށެވެ. އިންޑިޔާގެ ސިކުދީނުގެ ފުރަތަމަ ބޮޑުވަޒީރަކީވެސް ޑރ ސިންގެވެ. އަދި އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ފަހުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީވެސް ޑރ ސިންގެވެ. އޭނާ ބޮޑަށް މަޝްހޫރީ އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައެވެ. ރަޖީވް ގާނދީގެ ދައުރުގައި ޑރ ސިންގަކީ މާލީ ވަޒީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް