Advertisement
ކ. މާލެ
|
15 އޭޕްރިލް 2021 | ބުރާސްފަތި 12:52
މާރާމާރީގެ މައްސަލައާ ގުޅިގެން ހޯދަމުންދާ ހުސެން ސުއޫދު
މާރާމާރީގެ މައްސަލައާ ގުޅިގެން ހޯދަމުންދާ ހުސެން ސުއޫދު
ޕޮލިސް
ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދުން
މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ލ. ގަން، ތުނޑި، އިހުރާމުގެ، އުމުރުން 28 އަހަރުގެ ހުސެއިން ސުއޫދު
ފުލުހުން ބުނީ އޭޕްރިލް 21 ވަނަ ދުވަހުގެ ހެނދުނު 10:00ށް ލ. ގަން ޕޮލިސް ސްޓޭޝަނަށް ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށް

މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީއެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށާއި ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިވާ ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ލ. ގަން، ތުނޑި، އިހުރާމުގެ، އުމުރުން 28 އަހަރުގެ ހުސެއިން ސުއޫދު ކަމަށެވެ.

Advertisement

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ފުލުހުން ބުނީ އޭޕްރިލް 21 ވަނަ ދުވަހުގެ ހެނދުނު 10:00ށް ލ. ގަން ޕޮލިސް ސްޓޭޝަނަށް ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށް އިއުލާނުގައިވެއެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުން، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދުނުކުރެވުނު ނަމަ، ކުށުގެ ތުހުމަތުކުރެވޭ މީހާގެ ފޮޓޯއާއެކު އޭނާ ހޯދުމަށް އާންމުކޮށް އިއުލާނު ކުރާނެ ކަމުގައާއި އޭނާގެ އާއިލާގެ މެންބަރަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް އެންގުމަށްފަހު، އެ މީހަކު ހާޒިރުވުމަށް އަންގައި އާންމުކޮށް އިއުލާނުކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް