Advertisement
ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 18:07
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރާއްޖެއެމްވީ
ރަށްވެހި ފަތިސް ކެމްޕޭން ނިންމުން
"އެމްޑީޕީ ކެންޑިޑޭޓެއް ނޫން ކެންޑިޑޭޓަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް"
އެމްޑީޕީއަކީ ކޮންމެ ކަނޑެއްގައިވެސް ދުއްވަން އެނގޭ ޕާޓީއެއްކަމަށް ވިދާޅުވި
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުންވެސް އާދަޔާޚިލާފު ގިނަ މަންޒަރުތަކެއް ފެންނަމުންދާކަމަށް ވިދާޅުވި
ކައުންސިލް އިންތިޚާބަކީ ސަރުކާރަށް ވަރަށް މުހިންމު އިންތިޚާބެއްކަމަށް ވިދާޅުވި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓެއް ނޫން ކެންޑިޑޭޓަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމުމަށް އއ. ރަސްދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޑީޕީއަކީ ހާލަތާއި ގުޅޭގޮތަށް ކަންކަން ކުރަން ދަންނަ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ. ރަށްވެހި ފަތިސް ކެމްޕޭނުން އެކަނިވެސް އެމްޑީޕީއަކީ އޭރަކު އޮންނަ ކަނޑެއްގައި ދުއްވަން އެނގޭ މާލިމީންތަކެއް ތިބި ޕާޓީއެއްކަން ސާބިތުކޮށްދޭކަމަށް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުންވެސް އާދަޔާޚިލާފު ގިނަ މަންޒަރުތަކެއް ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

Advertisement

ކައުންސިލް އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއްކަން ފާހަގަކުރައްވަމުން ރައީސް ސާލިހު ވަނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓެއް ނޫން ކެންޑިޑޭޓަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެމްޑީޕީއަށް ބާރު ދިނުމުން ކަންކަން ކޮށްދޭކަން ސާބިތުކޮށްދީފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށްފުށު ތަރައްގީއަށް ބޭނުންވާނަމަ އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް ގޮވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
9 އޭޕްރިލް 2021 | ހުކުރު 06:16
ޢަބްދުއްސައްތާރު.
ރައީސުލް ޖުމްހޫރިއްޔާއެއްގެ ހައިސިއްޔަތުން ތިޔަގޮތަށް ވިދާޅުވުމަކީ، ތިޔަ ރައީސަކީ ރާއްޖޭގެ ރައީސެއްކަމަށް ގަބޫލުނުކުރައްވާތީ ވިދާޅުވީ އެއްޗެއް ކަމަށް ގަބޫލު ކުރެވެނީ. އަޅުގަނޑު ހީކޮށް މި ހުންނަނީ ތިޔައީ ޤަޥްމުގެ ރައީސް ކަމަށް. ނަމަވެސް ހިތާމަހުރި. މިހާރު އެނގިއްޖެ، މަނިކުފާނުގެ ކޯލިޝަނަކީވެސް މަކަރުވެރި ބައިވެރިވުމެއްކަން. ތިޔަ ވާހަކަފުޅަށް ނަފުރަތު ކުރަން.