ކ. މާލެ
|
7 އޭޕްރިލް 2021 | ބުދަ 13:05
މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް
މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް
މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމުގެ ބިލް ހުށަހަޅާ ބަހުސް ފަށައިފި
 
ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަޤާނޫނެއް
 
މިބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އަލީ އާޒިމް

ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށްޓަކައި އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްގެ ބަހުސް ފަށައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާ އަށް މިބިލް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއެވެ. ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މިހާރު ޢަމަލުކުރަމުންދާ އެކިއެކިލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަޤާނޫނެއް ކަމަށްވެފައި، އެ ޤާނޫނުގެ ދަށުން ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާއަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައިނުވާތީކަމަށެވެ.

އެ ޤާނޫނުގެ ދަށުން ނަގަމުންއައިސްފައިވާ ރެވެނިޔު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އެކިއެކި ޚިދުމަތްތަކަށް ނަގާ ފީއާއި އެނޫންވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީއާއި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެން ފައިސާގެ އިތުރުން ރެވެނިޔު ސްޓޭމްޕް ޖަހަންޖެހުމުގެ ސަބަބުން އެފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭތީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތު ތަކުގެދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމުއުވާލުމަށްޓަކައި ކަމަށް ބިލް ހުށަހަޅުއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން މިބިލް ހުށަހަޅާ މަގްސަދަކީ ސަރުކާރުން މިބިލް ހުށަހަޅަނީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި "ޑުއިންގ ބިޒްނަސް" ފަސޭހަކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަށްވެފައި ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެނިހެން އާލާތްތައް ތަޢާރަފްވުމާއެކު މިއިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދިއުމާއި ސްޓޭމްޕް ޕްރިންޓުކުރުމަށް ޚަރަދުތަކެއް ހިނގާތީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް