ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 13:56
މަޖިލިސް
މަޖިލިސް
މަޖިލިސް
ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ
ޅ އަތޮޅުގައި ކޮވިޑް ފެތުރޭތީ ކުއްލި މައްސަލައެއް ހުށަހަޅައިފި
 
މިހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވޭ
 
ގައިޑްލައިނަކީ ތޮއްޖެހިފައިވާ އާބާދީއަކަށް އެކަށޭނަ ގައިޑްލައިނެއް ނޫން

ފާދިއްޕޮޅުގައި ކޮވިޑް ފެތުރި ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތު ބަދަލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ކުއްލި މައްސަލަ ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސްދައުރެއް އަދާކުރާ ފެލިވަރުން ކޮވިޑް19ގެ ކޭސްތަކެއް ފެނި މި ހާލަތަށް ދިއުމުގައި ސަަރުކާރުގެ އިހުމާލު އޮތްކަމަށް ތުހުމަތު ކުރައްވާފައި ވެއެވެ.

ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ތިންސަތޭކައަށްވުރެ މަތީގައިވާއިރު، އަތޮޅުގެ އެހެން ރަށްރަށުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި، ފެލިވަރުގެ އިތުރުން ނައިފަރާއި ހިންވަރާއި ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ހާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހާސްކަމާއި ބިރުވެރިކަން ކުރިމަތިވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްގައި ގިނަ އަދަދެއްގެ ގެތަކެއް މޮނިޓަރިންއަށް ލަމުން ދިއުމުން އާމްދަނީ ހުއްޓިފައިވުމާއި ގިނަ އަދަދެއްގެ ބަޔަކު އައިސޮލޭޓްވެ މުޅި ރަށް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އޮތުމާއި، މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢަމަލުކުރަމުންދާ ގައިޑްލައިނަކީ ނައިފަރު ކަހަލަ ތޮއްޖެހިފައިވާ އާބާދީއަކަށް އެންމެ އެކަށޭނަ ގައިޑްލައިނެއް ނޫންކަމާއި އޭގެ ސަބަބުން ފްރޮންޓްލައިނުގައި މަސައްކަތްކުރާ ޓީމަށް މެނޭޖް ކުރުމަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް ޝިޔާމްގެ ކުއްލި މައްސަލާގައިވެއެވެ.

މިހާލަތުން ރައްޔިތުން އަރައިގަތުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި، ރައްޔިތުންގެ ލޯނުުތަކާއި، ކަރަންޓު ބިލަށް ލުޔެއް ހަމަޖައްސައިދިނުމަށް އެދޭ ކަމަށް ހުށަހަޅާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
5 އޭޕްރިލް 2021 | ހޯމަ 14:33
އިސްމާއީލް
މިކަލޭގެ ލަދުހަޔާތުގެ ކަންފުލެއްވެސް ހަމަނެތީބާ؟ އެހެންނޫނީ ހަމަބުއްދި އެބަހުރިބާ މާލޭ މަގުތަކައް ނުކުމެ ހަޅޭފަލޭ ކޮއްމެދުވަހަކުޖަހާއިރު މީތޮއްނުޖެހިއޮތްތަނަކީތޯ؟ މިއަދުތިމާގެ ރަށުންބަލިފެނި ކޮންޓުރޯލްނުކުރެވޭވަރުވީމާ ސަރުކާރު