Advertisement
ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 11:52
އަވައްޓެރި ފުލުހުންގެ ޚިދުމަތް އދ އަތޮޅުގައި ފެށުން
އަވައްޓެރި ފުލުހުންގެ ޚިދުމަތް އދ އަތޮޅުގައި ފެށުން
ޕޮލިސް
އަވައްޓެރި ފުލުހުންގެ ޚިދުމަތް އދ އަތޮޅުގައި
އަމާޒަކީ އިސްވެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދާ ބަޔަކަށްވުން- ސީޕީ
އަވައްޓެރި ފުލުހުންގެ ޚިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް އިންގިލާބީ ބޮޑު ބަދަލެއް
އަވައްޓެރި ފުލުހުންގެ ޚިދުމަތާއެކު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެގެންދާނެ
އދ. އަތޮޅަކީ އަވައްޓެރި ފުލުހުންގެ ޚިދުމަތް ފެށި ފުރަތަމަ އަތޮޅު

އަމާޒަކީ ފުލުހުންނަކީ އިސްވެ މައްސަލަތައް ދެނެގަނެ، މައްސަލައަށް ހައްލު ހޯދާ ބަޔަކަށް ހެދުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ފެށުމަށް މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު އަމާޒަކަށްވާނީ ކޮންމެ މުޖުމަތައެއްގައިވެސް ހުރި މައްސަލަތައް ފުރިހަމައަށް ދެނެގަނެވި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްތަކެއް ކުރުން ކަމުގައެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެނައުމަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމަށާއި އެ ބަދަލަކީ ކަމެއް ދިމާވުމުން އެކަމަކަށް ފިޔަވަޅު އަޅަން ތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ، އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލު ހޯދުން ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ދާދިފަހުން އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ދިވެހި ފުލުހުންގެ ޚިދުމަތް އޮންނަންވީ ގޮތުގެ އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކުގެ އަސާސީ ކަންތައްތައް ބަޔާންކޮށްފައިވާއިރު އޭގެތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ އިދާރީ ގޮތުން ލާމަރުކަޒީކޮށް، ކޮމިއުނިޓީ ޕޮލިސިން ފަލްސާގެ މައްޗަށް ބިނާކޮށްގެން ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ސީޕީ ވިދާޅުވިއެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތާއެކު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، ގުޅިގެން، ދެމެހެއްޓެނިވިގޮތެއްގައި އެކުގައި މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ތައާރަފު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

Advertisement

މި އަަސާސްތަކާއެކު އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު އަމާޒަކަށްވާނީ ކޮންމެ މުޖުމަތައެއްގައިވެސް ހުރި މައްސަލަތައް ފުރިހަމައަށް ދެނެގަނެވި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްތަކެއް ކުރުން ކަމުގައިވެސް ސީޕީ ވިދާޅުވިއެވެ.

މި ނިޒާމަށް ފުލުހުންގެ ޚިދުމަތް ބައްޓަންވުމުން ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ތެރެއިން މިހާރަށްވުރެ ރަނގަޅު އަދި ފުރިހަމަ ނަތީޖާތަކެއް ނެރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތް އދ. އަތޮޅުގައި ފެށިގެން ދިއުމާއެކު އެ އަތޮޅު ވެގެންގޮސްފައިވަނީ އަލަށް އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އަވައްޓެރި ފުލުހުންގެ ޚިދުމަތް ފެށި ފުރަތަމަ އަތޮޅަށެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރެއިން ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޚިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް