ކ. މާލެ
|
26 މާރޗް 2021 | ހުކުރު 23:12
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައި ކިއު
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައި ކިއު
ރާއްޖެއެމްވީ
ކޮވިޑް-19
ހުކުރު ދުވަހު ވެކްސިން ޖެހީ 237 މީހުން
 
ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 227،696ށް އަރާފަ

ހުކުރު ދުވަހު ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހީ 237 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހުކުރު ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ނުޖަހައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އަތޮޅުތެރެއިން ވެކްސިން ޖެހީ 237 މީހުންނެވެ. އެއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 227،696ށް އަރާފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 127،277 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 100،419 މީހުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް ފަށާފައިވާއިރު، އޭރު އެންމެ ފުރަތަމަ ޖަހަން ފަށާފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން އުފެއްދި ކޮވިޝީލްޑް ވެކްސިންނެވެ. އޭގެ ފުރަތަމަ ޑޯޒު ޖެހުން މާލޭގައި ހުއްޓާލީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާރު ބޭނުންކުރަމުން އަންނަނީ ޗައިނާގެ ސިނޮފާމް ކުންފުނީގެ ކޮވިޑް ވެކްސިންއެވެ.

ރާއްޖެއިން ދެ ލައްކައަށް ވުރެ ގިނަ މީހުން ކޮވިޝީލްޑް ވެކްސިން ޖަހާފައިވާއިރު، އެ އެންމެން ވެސް ދެވަނަ ޑޯޒު ޖަހަން ޖެހޭނީ ވެކްސިން ޖެހިތާ އަށް ހަފްތާ ފަހުންނެވެ. އެކަމަކު ބޭސްފަރުވާއަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 12-8 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ ފަރާތްތަކަށް ވެކްސިން ޖެހިތާ ހަތަރު ހަފްތާ ފަހުން ވެސް ދެވަނަ ޑޯޒު ޖަހައިދޭން މިހާރު ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް