ކ. މާލެ
|
26 މާރޗް 2021 | ހުކުރު 12:45
އައްޑޫ ސިޓީ ކައުންސިލްގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
އައްޑޫ ސިޓީ ކައުންސިލްގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
އައްޑޫ ސިޓީ ކައުންސިލް
ހުޅުދޫމީދޫގެ މަތިކިޅި ތަރައްގީކުރުން
ހުޅުދޫމީދޫގެ މަތިކިޅި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ތަރައްގީކުރަނީ!
 
މަތިކިޅީގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުން މުހިންމު
 
ކުރިއަށް އޮތް ތަނުގައި މި ސަރަޙައްދު ތަރައްގީ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވޭ
 
މި ސަރަހައްދުގެ ބޭނުން މިހާރު ކުރަމުންދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވޭ

އައްޑޫ ސިޓީ ހުޅުދޫމީދޫގެ މަތިކިޅި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ތަރައްގީކޮށް ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ބުރާސްފަތި ދުވަހު މަތިކިޅީގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، އައްޑޫ ސިޓީ ކައުންސިލް މެމްބަރުންގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތަކާއެކުއެވެ.

އައްޑޫ ކައުންސިލުން ބުނީ މަތިކިޅި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ތަރައްގީކޮށް ބެލެހެއްޓުމާ ގުޅޭގޮތުންނާއި، މި ސަރަހައްދުގެ ބޭނުން މިހާރު ކުރަމުންދާ ގޮތާއި، ކުރިއަށް އޮތް ތަނުގައި މި ސަރަޙައްދު ތަރައްގީ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ކައުންސިލުން ބުނީ މަތިކިޅި ތަރައްގީކުރުމުން އެތައް ގޮތަކުން މަންފާ ލިބޭނެ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެސަރަހައްދު ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ދާދި އަވަހަށް އެސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކައުންސިލުން ބުނެއެވެ. އަދި މަތިކިޅީގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހުޅުދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ހުސައިން ފާއިޒް ރަޙްމާނާއި، ހުޅުދޫ އަވަށު އޮފީހާއި، މީދޫ އަވަށު އޮފީހާއި، ހުޅުދޫ އަންހެނުންގެ ގުޅުމާއި، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މޫވްމަންޓާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުޅުދޫ އަދި މީދޫ ދާއިރާގެ މެންބަރުންނާއި، ނަލަފެހި މީދޫ އާއި، މީދޫ އެކުވެރިންގެ ޗޭނާއި، މީދޫ ކޯޕަރޭޓިވް ސޮސައިޓީ އާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި، އައްޑޫ ނޭޗަރ ޕާރކާއި، ހުޅުދޫ އާއި މީދޫގެ ވިޔަފާރިތަކާއި، ދަނޑުވެރިންގެ އިތުރުން އިކޯ ގާރޑަންގެ ދިރާސާވެރިއަކާއި، ސ. އަތޮޅު މަދަރުސާ އަދި ޝަރީފީ ޕްރީސްކޫލްގެ ފަރާތުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ޑރ. އަބްދުﷲ ނަޞީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ ހުޅުދޫ މީދޫގެ މަތިކިޅި ސަރަޙައްދު ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 08 ސެޕްޓެންބަރު 2020 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް