ކ. މާލެ
|
26 މާރޗް 2021 | ހުކުރު 07:55
ސްޕަޓްނިކްވީ ވެކްސިން - ކޮވިޑްގެ ވެކްސިން ޖަހައިގެން ލޭގަނޑުވާ މައްސަލަ ދަނީ ދިރާސާ ކުރަމުން
ސްޕަޓްނިކްވީ ވެކްސިން - ކޮވިޑްގެ ވެކްސިން ޖަހައިގެން ލޭގަނޑުވާ މައްސަލަ ދަނީ ދިރާސާ ކުރަމުން
ރޮއިޓަރސް
ލޭގަނޑުވާ މައްސަލަ
ލޭގަނޑުވާ މައްސަލަ ބަލަން ޔޫރަޕްގެ ސިއްހީ އެޖެންސީން ޓީމެއް އެކުލަވާލައިފި
 
ލޭގަނޑުވަނީ ކެވްސިންގެ ސަބަބުންކަމަށް ބުނެވެން ނެތް ކަމަށް ޑަބްލިއުއެޗްއޯއިން ބުނޭ
 
އެސްޓްރަޒެނިކާގެ ވެކްސިނުން ލޭގަނޑެއް ނުވޭ
 
އަންނަ މަހު އިތުރު ތަފްސީލު ހާމަކުރާނެ

ކޮވިޑް-19ގެ ވެކްސިން ޖެހުމުން ލޭގަނޑުވާކަމަށް ބުނާ މައްސަލަ އިތުރަށް ދިރާސާކުރުމަށް ޔޫރަޕްގެ މެޑިސިން ރެގިއުލޭޓަރީން ޓީމެއް އެކުލަވާލައި މަސައްކަތް ފަށައިފިއެވެ.

އެ އެޖެންސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ) އިން އެކުލަވާލި ގުރޫއްޕުން ފަރމަކޮވިޖިލެންސް ރިސްކް އެސެސްމަންޓް ކޮމިޓީ (ޕީއާރުއޭސީ) އާއި މި މަހުގެ 29 ވަނަ ދުވަހު ބައްދަލުކޮށް ކޮވިޑްގެ ވެކްސިން ޖެހުމުން ބައެއް މީހުންގެ ލޭގަނޑުވާ މައްސަލައާ ގުޅިގެން ބައްދަލުކޮށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެ މައްސަލަ ދިމާވާ ސަބަބު ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

އީއެމްއޭގެ ޓީމްގައި ހިމެނެނީ ލޭގެ މައްސަލަތަކާބެހޭ ތަޖްރިބާކާރުންނާއި، ހިތުގެ ބަލިތަކާ ބެހޭ ތަޖުރިބާކާރުންނާއި، އިންފެކްޝަންގެ ސަބަބުން ޖެހޭ ބަލިތަކާ ބެހޭ ތަޖްރިބާކާރުންނާއި، ވައިރަސްގެ ތަޖްރިބާކާރުންނާއި، ނާރުގެ ބަލިތަކުގެ ތަޖުރިބާކާރުންނާއި، އެތެރެހަށި އަދި ފުއްޕާމޭގެ ހާއްސަ ބަލިތަކުގެ ތަޖްރިބާކާރުންނެވެ.

މި ގްރޫޕުން ކުރާ މަސައްކަތުގެ ނަތީޖާ، ކޮވިޑް ވެކްސިންގެ ސަބަބުން ލޭގަނޑުވާ މައްސަލައާ ގުޅިގެން ޕީއާރުއޭސީން ކުރިއަށްގެންދާ އެވެލުއޭޝަންގައި ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި އަންނަ އެޕްރީލް މަހުގައި ބާއްވާ ޕްލިމިނަރީ ބައްދަލުމުގައި މިކަމާ ގުޅިގެން ލިބިފައިވާ ފަހުގެ މައުލޫމާތު ހާމަކުރުމަށް ވަނީ ނިންމާފައެވެ. ބައްދަލުވުން އޮންނާނެކަމަށް ބެލެވެނީ އެޕްރީލް މަހުގެ 6 އާއި 9 އާ ދޭތެރޭގައެވެ.

އީއެމްއޭއިން ޓީމެއް އެކުލަވާލައި މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިވަނީ، އޮކްސްފޯޑް-އެސްޓްރަޒެނިކާގެ ވެކްސިންގެ ސަބަބުން ލޭގަނޑުވި މައްސަލަ ސައިންސްގެ އަލީގައި ނިންމުމަކާ ހަމައަށް އާދެވިފައިވާކަމަށް އެ އެޖެންސީގެ ސޭފްޓީ ކޮމިޓީން މާޗް މަހުގެ 18 ވަނަ ދުވަހު ބުނެފައިވަނިކޮށެވެ.

އޮކްސްފޯޑް-އެސްޓްރަޒެނިކާގެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް އެ އެޖެންސީގެ އެގްޒެކްޓިވް ޑިރެކްޓަރ އެމަރ ކުކް ވަނީ ކޮމިޓީގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. ކޮމިޓީގެ ބައްދަލުވުން ނިމިގެން ދިޔައިރު ވެސް ލޭގަނޑުވާ މައްސަލައިގެ އަސްލު ދެނެގަނެވިފައެއް ނުވެއެވެ.

މިއާއެކު ކޮމިޓީން ވަނީ ވެކްސިނާ ގުޅޭ ގޮތުން ލީފްލެޓް ހަދައި، އެކަމާ ގުޅުންހުރި މައުލޫމާތާއި ސައިޑްއިފެކްޓްގެ މައުލޫމާތު އާންމުންނަށް ވީހާވެސް ބޮޑަށް އެނގޭނެ ގޮތަކަށް ކަންކަންކުރުމަށް ލަފާދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ލޭ މަދުވުމާ ލޭގަނޑުވުން ވެސް ހިމެނެއެވެ.

ކޮވިޑް ވެކްސިންގެ ސަބަބުން ލޭގަނޑުވާކަމަށް ބުނެފައިވަނިކޮށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއެޗްއޯ) ގެ ގްލޯބަލް އެޑްވައިޒަރީ ކޮމިޓީން ވަނީ މިހާތަނަށް ލިބިފައިވާ ޑާޓާތައް ދައްކާ ގޮތުން ކޮވިޑް ވެކްސިންގެ ސަބަބުން ލޭގަނޑުވުމުގެ މައްސަލަތައް ދިމާވި ނަމަވެސް، މިހާތަނަށް އައި އިރު، އެސްޓްރަޒެނިކާގެ ވެކްސިންގެ ސަބަބުން ލޭގަނޑުވާކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.

މި ކޮމިޓީން ބުނެފައިވަނީ ލޭގަނޑުވުމުގެ މަސައްލައަކީ ގުދުރަތީގޮތުން ދިމާވާ ކަމެއް ކަމަށާއި، ކޮވިޑް-19ގެ ސަބަބުން ވެސް އެ މައްސަލަ ދިމާވެދާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ދިމާވާ މިންވަރު ނިސްބަތުން ދަށް ކަމަށެވެ. މީގެ އިތުރުން ލޭގަނޑުވުމުގެ މައްސަލައެއް ދިމާވެފައި ހުއްޓާ ވެކްސިން ޖެހުމުގެ މާނައަކީ ވެކްސިންގެ ސަބަބުން އެމީހެއްގެ ލޭގަނޑުވުން ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް