ކ. މާލެ
|
22 މާރޗް 2021 | ހޯމަ 23:22
މިޔަރު މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓި ދޯނިން ފެނުނު ތަކެތި
މިޔަރު މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓި ދޯނިން ފެނުނު ތަކެތި
ޕޮލިސް
މިޔަރު މަސްވެރިކަން
މިޔަރު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއް ހިފަހައްޓައިފި
 
އެ ދޯނި ފެނުނީ މާވަރު ފަޅު ކައިރިން
 
ދޯނީގައި މިޔަރާއި މިޔަރު އުރަހަ އަދި މިޔަރު މަަސް ފެނިފައިވޭ

މިޔަރު މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ 11:30 ހާއިރު އއ. މާންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރާކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުން އެމީހުން ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ ދޯނި ފެނުނީ މާވަރު ފަޅު ކައިރިން ކަމަށާއި، ދޯނީގައި ތިބީ ހަތަރު މީހުން ކަމަށް ބުންޏެވެ.

ފުލުހުން ބުނީ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރުވެސް ތިބީ މިޔަރު މަސްވެރިކަން ކުރަން ކަމަށާއި، ދޯނި ބަލާ ފާސްކުރިއިރު ދޯނި ތެރެއިން މިޔަރާއި މިޔަރު އުރަހަ އަދި މިޔަރު މަަސް ފެނިފައިވާ ކަމަށެވެ.

މިޔަރު މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓި ދޯނިން ފެނުނު ތަކެތި - ޕޮލިސް

ފުލުހުން ބުނީ މި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

މިޔަރު މަސްވެރިކަން ކުރަނިކޮށް ބަޔަކު ހައްޔަރުކުރިއިރު ދާދި ފަހުން ރާއްޖެއިން މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށްވެސް ހިފަހައްޓާފައިވެއެވެ. މީގެ އިތުރަށް މިޔަރަށް ކާންދިނުން އިތުރުވެ އެއީ ވެސް ގާނޫނީ ކުށެއްކަން ޓޫރިޒަމް މިނިސްޓްރީންވެސް ހަނދާންކޮށްދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
50%
33%
0%
17%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން