ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 22:34
ކުޅުދުއްފުށީގައި ވެކްސިން ޕްރޮގްރާމްގެ ތެރއިން
ކުޅުދުއްފުށީގައި ވެކްސިން ޕްރޮގްރާމްގެ ތެރއިން
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިން ޖެހުން
ހޮނިހިރު ދުވަހު ވެކްސިން ޖެހީ 599 މީހުން
 
ހުކުރު ދުވަހު ވެކްސިން ޖަހާފައިވާ 599 މީހުންނަކީވެސް އަތޮޅު ތެރޭގައި ގާއިމު ކޮށްފައިވާ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖަހާފައިވާ މީހުން
 
މިހާތަނަށް މާލެ ސަރަޙައްދުން 121،630 މީހަކު ވެކްސިން ޖަހާފައިވޭ
 
މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 218،645ށް އަރާފައި

ހުކުރު ދުވަހު އިތުރު 599 މީހަކު ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހު ވެކްސިން ޖަހާފައިވާ 599 މީހުންނަކީވެސް އަތޮޅު ތެރޭގައި ގާއިމު ކޮށްފައިވާ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖަހާފައިވާ މީހުންނެވެ. އެއާއެކު، އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 97،015ށް އަރާފައެވެ.

އޭގެ އިތުރުން، މިހާތަނަށް މާލެ ސަރަޙައްދުން 121،630 މީހަކު ވެކްސިން ޖަހާފައިވާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 218،645ށް އަރާފައެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ތައްޔާރުވަމުންދާއިރު، ޚާއްސަ ކެޓެގަރީގެ މީހުންނަށް ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ދިނުން، އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޮވިޑް-19ގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލީ މާރިޗް 15 ގައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލި ނަމަވެސް ޚާއްސަ ކެޓެގަރީތަކުގެ މީހުންނަށް ވެކްސިން ދޭ ގޮތަށް އޮތީ ހަަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ވެކްސިން ޖެހޭނެ ތާރީހެއް އިއުލާންކުރާނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ. މިކަމުގެ އިތުރު ތަފްސީލެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ކޮވިޑް19ގެ ވެކްސިން ދެމުންދާއިރު އެހެން ބައްޔެއްގެ ސަބަބުންވެސް ސިއްހީ ހާލަތު ގޯސްވެދާނެ ކަމަށާއި، އާއްމުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ އިލްތިމާސްކުރައްވާފައިވެއެވެ. ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ސިއްހީ ގޮތުން ކުރިމަތިވާ ހުރިހާ މައްސަލައެއްވެސް ރިޕޯޓުކުރާނެ ކަމަށާއި، ރާއްޖޭގައި ރިޕޯޓު ކުރެވޭ މައްސަލަތައް ނިސްބަތުން މަދު ކަމަށެވެ. އަދި ބޮޑަށް ސިއްހީ ހާލަތު ގޯސްވި ކޭސްތައް އިތުރަށް ބަލަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ވެކްސިން ޖެހުމުގެ ސަބަބުން ކުރިމަތިވި މައްސަލަތޯ ކަށަވަރު ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
100%
0%
0%
0%
0%
0%
ކޮމެންޓް