ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 22:28
ބީއެމްއެލްގެ ވޮލަންޓިއަރުން މަސައްކަތުގައި، މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ މަސައްކަތް ކުރަމުން
ބީއެމްއެލްގެ ވޮލަންޓިއަރުން މަސައްކަތުގައި، މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ މަސައްކަތް ކުރަމުން
ބީއެމްއެލް
ބީއެމްއެލުން އެހީވުން
ބީއެމްއެލްގެ މުވައްޒަފުންގެ އެހީ 3 ރަށަކަށް!
 
ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދު އިތުރަށް ފުރިހަމަކޮށްފައިވޭ
 
ކުޅުދުއްފުށީގައި ވަނީ އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމްކޮށްފައިވޭ
 
މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި

ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން 3 ރަށެއްގައި މުޖުތަަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.

މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައެވެ.  

ބީއެމްއެލުން ބުނީ ވ. ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް މިސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް އާއިލާއަކަށް ފަސޭހަވާނެހެން ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ފޮޓޯ ނެގުމަށް މިސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ހާއްސަކޮށް ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައްކަތްތައް ވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްލުން ބުނީ ލ. ފޮނަދޫ ބްރާންޗް ގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށެވެ. އަދި ހދ. ކުޅުދުއްފުށި އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމްކޮށް މިސަރަހައްދަށް އަންނަ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމްކޮށް ދިނުމަށްޓަކައި އުނދޯއްޔާއި، ޖޯލީގެ އިތުރުން ބެންޗް ބަހައްޓާފައިވެއެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިައރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ އުފަލާއި ހިިތްހަމަޖެހުމަށްޓަކައި ކުރެވިގެންދިޔަ ހަރަކާތްތަކެކެވެ. މި 3 ރަށުގައި ކުރެވިގެންދިޔަ މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުންވަނީ މަސައްކަތްކޮށްފައެވެ.   

ކޮންމެ އަހަރަކު މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން ހަރަކާތްތަކެއް ހިންގާފައިވާއިރު ބޭންކުގެ އަމާޒަކީ މި ފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިޔުމެވެ. ބީއެމްއެލްގެ ވޮލަންޓިއަރުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރަމުންދެއެވެ. ގުދުރަތީ ކާރިސާ ތަކާއި އެކިއެކި ހާދިސާތަކުގައި އާންމުންނަށް އެހީތެރިވުމަށް އެ ވޮލަންޓިޔަރުން ހަރަކާތްތެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް