ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 04:48
ސްޕަޓްނިކްވީ ވެކްސިން
ސްޕަޓްނިކްވީ ވެކްސިން
ރޮއިޓަރސް
ޖަރުމަނުން ރަޝިޔާގެ ކޮވިޑް ވެކްސިން ގަންނަނީ
ޖަރުމަނުން ރަޝިޔާގެ ސްޕަޓްނިކް-ވީ ވެކްސިން ގަންނަނީ
ހެލްތު މިނިސްޓަރ ވިދާޅުވީ ޖަރުމަނަށް ސްޕަޓްނިކް-ވީ ވެކްސިން ހޯދުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭނުންފުޅުވާކަމަށް
ޖަރުމަނުން ގަންނާނީ ސްޕަޓްނިކް-ވީ ވެކްސިންގެ ކިތައް ޑޯޒްކަމެއް އަދި ހާމައެއްނުކުރޭ

ރަޝިޔާއިން ކޮވިޑް-19ށް އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިން ގަތުމަށް ވަރަށް އަވަހަށް ސޮއިކުރާނެކަމުގެ އިޝާރާތެއް ޖަރުމަނުގެ ހެލްތު މިނިސްޓަރ ޔެންސް ސްފެން ދެއްވައިފިއެވެ.

ކޮންމެ ހަފްތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ޖަރުމަނަށް ސްޕަޓްނިކް-ވީ ވެކްސިން ހޯދުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭނުންފުޅުވާކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ވާތަން ފެނިވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް ޖަރުމަނުން ގަންނާނީ ސްޕަޓްނިކް-ވީ ވެކްސިންގެ ކިތައް ޑޯޒްކަމެއް އަދި ހާމައެއްނުކުރެއެވެ. ހެލްތު މިނިސްޓަރ އިތުރަށް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ސްޕަޓްނިކް-ވީ ވެކްސިން ހޯދުމަށް މަސައްކަތެއް ނުކުރާނަމަ ޖަރުމަނުން ވަކިން އެމަސައްކަތްކުރުމަށް ބޭނުންފުޅުވާކަމަށެވެ. އަދި ވެކްސިންގެ ކަންތަކުގައި ޖަރުމަނާއި ރަޝިޔާ އާއި ދެމެދު އޮތީ ގާތްގުޅުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރަޝިޔާއިން ކޮވިޑް-19ށް އުފެއްދި ސްޕަޓްނިކް-ވީ ވެކްސިނަކީ އެންމެ ފުރަތަމަ ގައުމެއްގައި ރަޖިސްޓްރީކޮށް ހުއްދަ ދިން ވެކްސިނެވެ. އެވެކްސިނަށް ހުއްދަދިންކަން ރަޝިޔާގެ ރައީސް ހާމަކުރެއްވީއްސުރެ ޔޫރަޕުން އަންނަނީ ސްޕަޓްނިކް-ވީ ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދަމުންނެވެ. އަދި ޔޫރަޕްގެ ގައުމުތަކުން މިވެކްސިން ޖަހާނެކަމަށް މިހާތަނަށް އައިއިރު ބެލެވިފައެއްނުވެއެވެ.

- ކޮމެންޓް